ސަބަބެއް ދިމާވެގެން ރޯދަ ނުހިފޭނަމަ މަދުން ކައިގެން ހުރުމެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސަބަބެއް ދިމާވެގެން ރޯދަ ނުހިފޭނަމަ މަދުން ކައިގެން ހުރުމެއް ނެތް!: މުފްތީ މެންކް

ރޯދަ ދޫކޮށްލަންޖެހޭ ފަދަ ސަބަބެއް ދިމާވެގެން ބައެއް މީހުންނަށް ރޯދަ ނުހިފޭތީ ރޯދަ ދޫކޮށްލައިގެން ހުރެވެސް މަދުމިންވަރަކުން ކައިބޮއިހަދައެވެ. އެއީވއެކަމުގައި ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ. ރޯދަ ނުހިފޭނަމަ ރަނގަޅަށް ކައިގެން ހުންނާށެވެ! ރޯދަ ނުހިފުނު ސަބަބަށް ފައިދާކުރާނީ އެއިރުންނެވެ.

މިޘާލަކަށް ރޯދަ ނުހިފިފައި ހުންނަ މީހާ މަދުން ކެއުމަކީ ޘަވާބު ދެއްވަވާ ކަމެއް ނޫނެވެ. އަހަރެމެންނަށް އޮތީ ރޯދަ ހިފުމެވެ. ނުހިފިއްޖެނަމަ ނުހިފައި ދޫކޮށްލުމަށްފަހު ފަހުން ޤަޟާކުރުމެވެ.

ހަމައެއާއިއެކު މައްސަރުކަންތައް ޖެހިގެން ނަމަވެސް، ދަތުރެއްގެ މަތީގައިވެގެން ނަމަވެސް، އަދި ބަލިވެގެން ނަމަވެސް ރޯދަ ނުހިފޭތީ މީސްތަކުންގެ ކުރިމަތީގައި ކައި ނުހަދާށެވެ. އެއީ ރަމަޟާން މަހުގެ ޙުރުމަތަށް އިޙްތިރާމްކުރުމަށެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ.

އެއްވެސް ޙާލެއްގައި ތިމާ އެދުވަހު ހުރީ ރޯދައަށް ނޫންކަން މީސްތަކުންނަށް އެންގުމެއް ނެތެވެ. އެކަން އޮތީ ސިއްރުކުރުމެވެ. ވީމާ ކޮންމެހެން އަންގަންޖެހޭ ބައަކަށް ނޫނީ ނުއަންގާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން