އިމާމް މީހާ ވިތުރިފަށާއިރު ޢިޝާ ނަމާދުގެ ފަހު ސުންނަތް ނުކުރެވޭނަމަ ޢަމަލުކުރަންވީ ގޮތް-: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިމާމް މީހާ ވިތުރިފަށާއިރު ޢިޝާ ނަމާދުގެ ފަހު ސުންނަތް ނުކުރެވޭނަމަ ޢަމަލުކުރަންވީ ގޮތް-: ޑރ. އިޔާޟް

ޢިޝާ ނަމާދުގެ ފަހު ސުންނަތް ނުކޮށް ވެސް ތަރާވީޙް ނަމާދު ކުރެވިދާނެއެވެ. ނަމަވެސް ޢިޝާ ނަމާދުގެ ފަހު ސުންނަތަކީ ރަވާތިބު ސުންނަތުގެ ތެރޭގައި ހިމެނޭ 2 ރަކްޢަތް ކަމަށްވާތީ އެދެ ރަކްޢަތަށް ރައްކައުތެރިވާން ވާނެއެވެ. އެހެންކަމުން ތަރާވީޙް ނަމާދު ކުރަންފަށަންވާނީ ރަވާތިބް ސުންނަތުގެ 2 ރަކްޢަތް ކުރުމަށްފަހުގައެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޢިޝާ ނަމާދަށްފަހު އިމާމް މީހާ ތަރާވީޙް ނަމާދު ކުރަން ފަށާލެއް އަވަސްކަމުން ބައެއް ފަހަރު ރަވާތިބު ސުންނަތް ނުކުރެވި އެބަދެއެވެ. އަދި މީހަކަށް ފަހުން މިސްކިތަށް އެރިގެން ޢިޝާ ނަމާދު ނުނިމިގެންވެސް އެކަން އެބަދިމާވެއެވެ.

ޑރ. އިޔާޟް ވިދާޅުވީ އެ ޙާލަތުގައި ދެގޮތަކަށް އަމަލުކުރެވިދާނެކަމަށެވެ.

ފުރަތަމަގޮތަކީ ރަވާތިބް ސުންނަތް ކުރުމަށްފަހު އިމާމް މީހާ އާއި ބައިވެރިވުމެވެ. ދެވަނަ ގޮތަކީ އިމާމް މީހާ އާއިއެކު ތެދުވެ ފުރަތަމަ ކުރާ 2 ރަކްޢަތަކީ ރަވާތިބް ސުންނަތް ކަމުގައި ހެދުމެވެ. އިމާމް މީހާ އާއިއެކު ވިތުރި ކުރުމަށްފަހު ރަވާތިބް ސުންނަތް ނުކުރެވޭނެތީއެވެ.

 

މިއަދު އޮންލައިން