ވިސްނެންދެން ވިސްނާށެވެ! ނަރަކައަށް ވަންނަން ޖެހޭނީ އެމީހަކު ހާދަބޮޑަށް ފަރުވާކުޑަކޮށްލުމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ވިސްނެންދެން ވިސްނާށެވެ! ނަރަކައަށް ވަންނަން ޖެހޭނީ އެމީހަކު ހާދަބޮޑަށް ފަރުވާކުޑަކޮށްލުމުންނެވެ!

ނަރަކައަށް ވަންނަން މިޖެހެނީ ފާފަކުރެވުމުންނެވެ. އަދި ފާފަކުރެވުނު ނަމަވެސް ތަޢުބާ ނުވެވުމުންނެވެ. ވީމާ މިގޮތަށް ހިސާބުޖަހައި ވިސްނައިލަމާ ހިނގާށެވެ. 

1.  ހެޔޮކަމެއް ކުރަން ހިތުލައިފިނަމަ 1ހެޔޮކަން ލިޔުއްވަވަތެވެ. އެކަން ކޮށްފިނަމަ މަދުވެގެން 10 ޘަވާބު ލިޔުއްވަވަތެވެ. އަދި 700 އާއި ހަމައަށް ނުވަތަ އެއަށްވުރެވެސް ގިނަކުރައްވަވަތެވެ.  

2.  ނުބައިކަމެއް ކުރަން ހިތުލައި ﷲ އަށް ބިރުވެތިވެ އެކަން ނުކުރިނަމަ އެއީ ކުރި ހެޔޮކަމަކަށް ބަދަލުވެގެންދެއެވެ. އަދި ފާފައެއް ކުރެވުނަސް ލިޔުއްވަވާނީ ހަމަ އެންމެ ފާފައެއް ކުރިކަމަށެވެ.  

މީހަކަށް ފާފަކުރެވިފައިވީނަމަވެސް އެއީ އަދި ނަރަކައަށް ވައްދަވާ ސަބަބެއް ނޫނެވެ. ނަރަކައަށް ވައްދަވާނީ ކުރި ހެޔޮޢަމަލުތަކަށްވުރެ ކުރި ފާފަތައް ގިނަވުމުންނެވެ. ކުރާ ހެޔޮ ޢަމަލުތަކަށް ޘަވާބުދެއްވަވާލެއް ގިނަކަމާއި ފާފަތަކަށް ޢަޛާބު ދެއްވަވާނެ މަދުކަން ކުރިން މިބަޔާންކުރީއެވެ.   

އެހެންކަމަށްވާއިރު މުސްލިމަކަށް ކުރެވުނު ހެޔޮ ޢަމަލުތައް މަދުވެ ކުރެވުނު ފާފަތައް ގިނަވެގެން މީޒާނުގައި ފާފަތަކުގެ ކޮޅަށް ބުރަބޮޑުވެގެން ނަރަކައަށް ވަންނަން ޖެހޭނީ އެމީހަކު އެކަމުގައި ކިހައިބޮޑަކަށް ފަރުވާކުޑަކޮށްލައިގެން ހެއްޔެވެ؟ ކިހައި ބޮޑަކަށް އިހްމާލްވެގެން ހެއްޔެވެ؟ އެކަމާއިމެދު އެއްވެސް ވަރަކަށް ވިސްނައިނުލީތީ ނޫންހެއްޔެވެ؟ އެހެންކަމުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނަރަކައަށް ވަންނަން ޖެހޭނެ މީހުންނަކީ ސުވަރުގެ ވަންނަން ބޭނުން ނުވި މީހުން ކަމަށެވެ.  

ޤިޔާމަތް ދުވަހު މީޒާނުގައި އެމީހެއްގެ ޢަމަލުތައް ކިރުއްވެވުމުގެ ކުރިން މިދުނިޔޭގައި އެމީހަކު އަމިއްލައަށް އެމީހެއްގެ ޢަމަލުތައް ކިރައިލާން ޢުމަރުގެފާނު ވިދާޅުވެފައި އޮތީ އެހެންވެގެންނެވެ.  

- މަޢްލޫމާތު ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން

މިއަދު އޮންލައިން