ކުރިން ނަމާދުތަކެއް ނުކޮށް ދޫކޮށްލެވިފައިވާނަމަ އަވަހަށް ތައުބާވެ އާފެށުމަކުން ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކުރިން ނަމާދުތަކެއް ނުކޮށް ދޫކޮށްލެވިފައިވާނަމަ އަވަހަށް ތައުބާވެ އާފެށުމަކުން ފަށާށެވެ!

ފަރުޟް ނަމާދުތައް ކުރުމުގައި ކުރިން ވަރަށް ބޮޑަށް އިހްމާލުވެ ގިނަ ދުވަސްތަކެއްވަންދެން ނަމާދުނުކޮށް ތިބެފައި ރަމަޟާންމަސް އައުމުން ނަމާދުކުރާ ބައަކު އުޅެއެވެ. އެމީހުންނަށް އޮތީ ތައުބާވުމެވެ. އަދި ރަމަޟާން މަހަށް ފަހުގައިވެސް ފަރުޟު 5 ނަމާދު އަދާކުރުންމަތީގައި ދެމިތިބުމެވެ. 

އެކަން އެނގެނީ ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ މިބަސްފުޅުންނެވެ. 

ނަމާދަކީ ދީނުގެ ތަނބެވެ. އަޅާއާއި ކާފިރުކަމާއި މެދު ތަފާތުކޮށްދޭ އެއްޗަކީ ނަމާދެވެ. އެހެންކަމުން ކުރިން ނަމާދުތަކެއް ދޫކޮށްލެވިފައިވަނީ ނަމަ، އެކަމުން ތައުބާވެ އާފެށުމަކުން ފަށާށެވެ. އަދި ކުރިން ދޫކޮށްލެވިފައިވާ ނަމާދުތައް ގަޟާ ކުރުމެއް ނެތެވެ.

ނަމާދަކީ އެއްފަހަރުކޮށްފައި އަނެއް ފަހަރު ނުކޮށް ދޫކޮށްލަން އޮންނަ އެއްޗެއް ނޫނެވެ. އެހެންކަމުން ފަސްވަގުތު ނަމާދު ކުރުމަށް ރައްކާތެރިވާށެވެ. والله أعلم. 

އަޑުހަރުކޮށް ކިޔަވާ ނަމާދު ތަކުގައި އިމާމާ އަށް ފަހު ސޫރަތުލް ފާތިހާ ކިޔަންޖެހޭނެތޯ ބައެއް މީހުން ކުރާ ސުވާލުގެ ޖަވާބުގައި ޝައިޚް ވިދާޅުވެފައިވަނީ "ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައިވެސް ސޫރަތުލްފާތިޙާ ކިޔަވަން ޖެހޭނެއެވެ." މިފަދައިންނެވެ.

 

 

 

 

މިއަދު އޮންލައިން