އިސްތިޚާރާނަމާދުކުރަން ބޭނުންވެއްޖެ ނަމަ އޮތީ އަވަސްވެގަތުން- ކޮންމެ ވަޤުތަކުވެސް ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އިސްތިޚާރާނަމާދުކުރަން ބޭނުންވެއްޖެ ނަމަ އޮތީ އަވަސްވެގަތުން- ކޮންމެ ވަޤުތަކުވެސް ކުރެވޭނެ!

އިސްތިޚާރާނަމާދަކަށް ވަކި ޚާއްޞަނިޔަތެއް ނޯވެއެވެ. އިސްތިޚަރާ ނަމާދުކުރުމަށް މީހަކު ހިތުން ނިޔަތް ގަތުމުން ފުދޭނެއެވެ. އެއްވެސް ނަމާދަކަށް ވަކިން ޚާއްޞަކޮށް ދުލުން ކިޔަން ޖެހޭ ނިޔަތެއް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ސާބިތުވާކަށް ނެތެވެ. 

ހަމަ އެފަދައިން އިސްތިޚާރާ ނަމާދުކުރާކަށް ވަކި ވަގުތެއްވެސް ކަނޑައެޅިފައެއް ނެތެވެ. އިސްތިޚަރާ ކުރުމަކީ ﷲ ތަޢަލާގެ ޙަޟްރަތުން ކަމަކަށް މަޝްވަރާއަށް އެހުމެވެ. ވީމާ ތިމާއަށް ކަމަކާ ކުރިމަތިވުމުން ނުވަތަ ކަމެއް ކުރުމަށް ބޭނުންވާހިނދު ވީހާވެސް އަވަހަކަށް އިސްތިޚަރާ ނަމާދުކުރުން އެދެވިގެން ވެއެވެ. 

ވީމާ ވަކިގަޑިއެއް ޚާއްޞަކުރުމެއްނެތި ނަމާދުކުރުން ނަހީކުރެވިފައިވާ ގަޑިތަކުގެ އިތުރުން ކޮންމެ ގަޑިއަކުވެސް ކުރެވޭނެއެވެ. އަދި އެކަމެއް ފާއިތުވެދާނެ ކަމުގެ ބިރުހީވާނަމަ ނަހީގެ ވަގުތުގައިވެސް ކުރެވިދާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ފަރުޟު ނަމާދެއް ނުވަތަ ރަވާތިބު ސުންނަތެއްގެ ނިޔަތުގައި ނަމާދުފަށައިފިނަމަ އެއީ އިސްތިޚާރާ ނަމާދަކަށް ނުބެލެވޭނެއެވެ. ވީމާ ވަކިން ދެރަކުޢަތް އެނިޔަތުގައި ކުރުން ޝަރުޠުވެގެން ވެއެވެ. والله أعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން