ތިބާގެ ހިތުގަ ކިތަންމެ ކުޑަވޭނެއް އެޅިނަމަވެސް، ދިރިއުޅޭ ޙާލުވެސް ﷲ ދެނެވޮޑިގެންވެއެވެ! ތިބާ ދޫކޮށް ނުލައްވަވާނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިބާގެ ހިތުގަ ކިތަންމެ ކުޑަވޭނެއް އެޅިނަމަވެސް، ދިރިއުޅޭ ޙާލުވެސް ﷲ ދެނެވޮޑިގެންވެއެވެ! ތިބާ ދޫކޮށް ނުލައްވަވާނެތެވެ!: މުފްތީ މެންކް

އަހަރެމެން އެންމެންނަކީވެސް ﷲ ތަޢާލާ އުފެއްދެވި އެކަލާނގެއަޅުތަކުންނެވެ. އަހަރެމެން ކޮންމެ މީހެއްގެ ގައިގައި ކިތަންމެ ކުޑަ ވޭނެއް އެޅިނަމަވެސް އެކަލާނގެ އެކަން ދެނެވޮޑިގެންވެއެވެ. އަދި އަހަރެމެންކުރާ ދުޢާވެސް އައްސވައިވޮޑިގެންވެއެވެ. ގައަށް ކަށްޓެއް ހެރިގެން ތަދުވިނަމަވެސް އެކަމުގެ ސަބަބުން ފާފައެއް ފުއްސަވައިދެއްވަވަނީ އެކަން ދެނެވޮޑިގެންވާތީ ނޫންހެއްޔެވެ؟

ވީމާ އަޅާ ކޮންމެ ވޭނަކަށް އެކަލާނގެ ރަޙްމަތް ލައްވަވާނެތެވެ! އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! އަދި ކެތްތެރިވުމުން އެމީހަކަށް ހީވެސް ނުކުރެވޭ ވަރުގެ ބޮޑެތި ރަޙްމަތް ލައްވަވާނެތެވެ! އެކަންކަން ޔަޤީންކޮށްގެން ހުރުމަކީ ކުރިމަތިވާ ކޮންމެ ކަމަކުން އަރައިގަތުމަށް ހިތްވަރު ލިބޭނެ ކަމެކެވެ.

ވޭން ގަދަވާ ވަގުތުތަކުގައި ހިތްދަތިކަން އިތުރުވާނެއެވެ. މާޔޫސްކަންވެސް ބޮޑުވާނެއެވެ. ނަމަވެސް ކެތްތެރިވެލަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އެމީހަކަށް އެކަމަށް ހިތްވަރު ދެއްވަވާނެތެވެ! އިން ޝާ ﷲ

ހިތާމަތަކާ ހިތްދަތިކަމުގެ އިތުރުން ތަފާތު ބަލިތަކުގައި ވަރަށް ބޮޑަށް ވޭން އަޅަމުންދާ މީހުން ވަރަށް ގިނައެވެ. ކޮންމެ ބާވަތެއްގެ ވޭނެއް ނަމަވެސް އިޙްޞާޞްކުރަންޖެހުމަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ތަކްލީފްވެސްމެއެވެ. އެއީ ތަކްލީފެއް ކަމަށް ނުދެކެ ރަޙްމަތެއް ކަމުގައި ބަލައިފިނަމަ އެމީހަކަށް އެކަން ވެގެންދާނީ ރަޙްމަތަކަށެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން