ކުދިންގެ އުމުރަށް ނުބަލާށެވެ! ބާލިޣްވެއްޖެނަމަ ރޯދައަށް ދަރާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކުދިންގެ އުމުރަށް ނުބަލާށެވެ! ބާލިޣްވެއްޖެނަމަ ރޯދައަށް ދަރާނެއެވެ!

ބައެއް މީހުން އެމީހުންގެ ދަރިން ބާލިޣްވުމުންވެސް ކުއްޖާގެ އުމުރަށް ބަލައި ރޯދަ ނުހިއްޕުވައި އެބަ ބައިތިއްބައެވެ. އެފަދަ ބެލެނިވެރިން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ މި ބަސްފުޅަށް ވިސްނައިލުން ހުއްޓެވެ!

"ޝަރުޢީ އަޅުކަންތައް ވާޖިބު ކުރައްވަވައި ތަކްލީފް ޖެއްސެވުމުގައި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ކުއްޖާގެ އުމުރަކަށް ނޫނެވެ. އެކަލާނގެ ކަނޑައަޅުއްވަވާފައިވާ ޝަރުޠަކީ ބާލިޣުވުމެވެ.

10 އަހަރުގެ ކުއްޖަކު ނަމަވެސް ބާލިޣްވެފައިވާނަމަ ގެއްލޭ ރޯދަތައް ޤަޟާކުރަން ވާޖިބު ވާނެއެވެ. އަދި ބާލިޣް ނުވާނަމަ ރޯދަ ހިފުން ވާޖިބު ނުވާނެއެވެ. އަދި ގެއްލޭ ރޯދަ ވެސް ޤަޟާކުރާކަށް ނުޖެހޭނެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟްގެ އިތުރު ބަސްފުޅެއްގައިވެއެވެ. ބާލިޣްވުމުން ނަމާދުވާޖިބުވާނެއެވެ. ނަމާދު ނުކުރާނަމަ ދާނީ ނަމާދަށް ދަރަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް އަދި އެންމެ މުހިންމު ކަމަކީ ނަމާދުކުރުން ނަމަވެސް ދަރިން ލައްވައި ނަމާދުކުރުވަން ސަމާލުކަން ދެނީ ވަރަށް މަދު ބެލެނިވެރިންނެވެ. ދަރިފުޅަށް ހެޔޮ އެދޭނަމަ، ދަރިފުޅު ދެކެ ލޯބިވާނަމަ، ފުރަތަމަ ކަމެއްގެ ގޮތުން ކުއްޖާ ލައްވައި ނަމާދުކުރުވައި އެކަމުގެ އާދަ ހިއްޕުވާށެވެ.

ރާއްޖެއަކީ ރޯދަހިފުމަށް ވަރަށް ގިނަ ބައަކު ވަރަށް ބޮޑަށް ސަމާލުކަންދޭ ޤައުމެކެވެ. އެހެންކަމުން ގިނަ ބައަކު ވަރަށް ޅަ އުމުރުން ފެށިގެން އެމީހުންގެ ދަރިން ރޯދަހިފުމަށް ހާނުވައެވެ. އެކަމުގެ ސަބަބުން ބާލިޣްވާ އުމުރަށް އެޅޭއިރު ދަރިން ތިބެނީ ރޯދަހިފުމަށް އާދަވެފައެވެ. އެކަން ތަކްލީފަކަށް ނުވެއެވެ.

އެންމެ ބޮޑަށް އުފާކުރަންޖެހޭ ކަމަކީ ކުދިން ވަރަށް ހަގު އުމުރުގައިވެސް ރޯދަ ހިފާހިތުން ރޯދަ ހިފަމުން ގެންދާ ކަމެވެ. މައިންބަފައިންނަށް އާދޭސްކޮށްގެންވެސް ރޯދަ ހިފަން

 

މިއަދު އޮންލައިން