އުހަށް އެރުނުވަރަކަށް އިރުއޮއްސޭވަޤުތު ލަސްވެއެވެ. ދުނިޔޭގެ އެންމެ އުސް ޢިމާރާތުގެ އެންމެ މަތީ ބުރިތަކަށް އިރިއޮއްސެނީ ބިމަށްވުރެ 3 މިނިޓް ލަހުންނެވެ. ވީމާ ފްލައިޓްގައި ދަތުރުކުރާ މީހުންނަށް އިރު އޮއްސޭނީ އަދި މާލަހުންނެވެ.
ރޯދަ ރޯދައަކަށްވަނީ ފަޖުރިއްޞާދިޤްގެ އަލިކަން ފައުޅުވީންސުރެ އިރުއޮއްސެންދެން ރޯދަ ހިފުމުންނެވެ. ވީމާ ރޯދަވީއްލުން ހުއްދަވާނީ އިރުއޮއްސުނުކަން ޔަޤީންކުރެވުމުންނެވެ.
ފޯނުގައި މިގެންގުޅޭ ބަންގީގެ އެޕްތައް ހަދާފައި ހުންނަނީ ބިމަށް ބަލައިގެންނެވެ. ވީމާ ފްލައިޓެއްގައިވާއިރު ބަންގީގެ އެޕަށް ބަލައިގެން ރޯދަވީއްލުން ހުއްދައެއް ނުވާނެއެވެ.
- ޝައިޚް މުޙައްމަދު ޣާލިބް
ގުޅުންހުރި ވީޑިއޯ: