ރަމަޟާން މަހަށް ޝައިޠޯނާވެސް ތައްޔާރުވޭ! ޝިކާރައަކަށް ވެވޭގޮތް އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރަމަޟާން މަހަށް ޝައިޠޯނާވެސް ތައްޔާރުވޭ! ޝިކާރައަކަށް ވެވޭގޮތް އެނގޭހެއްޔެވެ؟

މީސްތަކުންނޭވެ! ދުނިޔޭގެ އާބާދީއަށް މިއަދު ބެލިނަމަވެސް ތިންބައިކުޅަ ދެބައަށްވުރެ ގިނައީ ކާފިރުންނެވެ. އެހެން ކަމާއިއެކުގައިވެސް ޝައިޠޯނާ ދުލެއް ނުދޭނެއެވެ. ވަރުބައްޔެއް ނުވާނެއެވެ. ﷲ ތަޢާލާއަށް އީމާންވެ އަޅުކަންކުރާ އެންމެ މީހަކު ދުނިޔޭގައި ހުއްޓައިވެސް ޝައިޠޯނާ މަޑަކުން ނުހުންނާނެއެވެ. 

ޝައިޠޯނާ އެންމެ ރުޅިގަދަވާނީ ރަމަޟާން މަހުގައެވެ. އެއީ މުސްލިމުން ރޯދަހިފައި އަޅުކަންކުރަތީއެވެ. ކުރިން ނަމާދުނުކުރާ މީހުންވެސް ނަމާދުކޮށް ސަޖިދަކުރާތީއެވެ. ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާތީއެވެ. 

ކޮންމެއަކަސް ޝައިޠޯނާ އަބަދުވެސް ރަމަޟާން މަހަށް ތައްޔާރުވާނެއެވެ. އަޅުކަމާއި މީސްތަކުން ދުރުކުރެވޭނެ ގޮތްތައް ރާވާނެއެވެ. "ފްރީ ޓިކެޓެއް"ގައި ފަދަ ލުއި ގޮތަކުން ސުވަރުގެ ވަދެވޭނެ ފުރުޞަތު ދެއްވެވުމުން އެޓިކެޓް ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ކުޅިވަރާއި މަޖަލުގެ މަހަކަށް ރަމަޟާންމަސް ހެދެނީ އެހެންވެގެންނެވެ. 

އަތުގައި އޮންނަ ފޯނުން ޤުރްއާން ކިޔަވައި ޛިކުރުކުރުމަށް އެންމެ ބޮޑަށް ސަމާލުކަންދޭންވީ ދުވަސްތަކުގައި ގޭމްކުޅުމަށާއި ސޯޝަލް މީޑިއާގައި ވަޤުތުތައް ބޭކާރުކުރެވެމުން މިދަނީ އެހެންވެގެންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޝައިޠޯނާގެ ކެހިވެރި ކަމުގައި ނުޖެހޭށެވެ! ފަރުޟުތަކާއި ސުންނަތް ކުރުމުގެ އިތުރުން މުނިފޫހިފިލުވަން ކުރާ ކަމަކީވެސް އަޅުކަންކުރުން ކަމުގައި ހަދާށެވެ! އަޅުކަމެވެ. މިބުނަނީ ވަރަށް ލުއިލުއި ކަންކަންވެސް ހިމަނައިގެންނެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންވެސް ހިމަނައިގެންނެވެ. ދީނުގެ ފޮތްތައް ކިޔައި އުނގެނުންވެސް ހިމަނައިގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން