ބައެއް އިމާމުން ތަންކޮޅެއް ދިގުކޮށް ސަޖިދަކުރެއެވެ. ސަޖިދަ ދިގުކުރުމަކީ ގިނަ ވަޤުތު ސަޖިދައިގައި ހޭދަކުރުމެވެ. އެޙާލަތުގައި ބައެއް މީހުން އިމާމުންނަށް ނަފްރަތުކޮށް ނުބައި ބަސްވެސް ބުނެއެވެ.
އެއްވެސް ޙާލެއްގައި އެއީ ރުޅިއަންނަންވީ ކަމެއް ނޫނެވެ. އުފާކުރަންވީ ކަމެކެވެ. އިމާމް މީހާ ސަޖިދަ ދިގުކުރާތީ ތިމާއަށް އަގުހުރި ފުރުޞަތެއް ލިބިގެންދާކަމަށްޓަކައެވެ.
ސަބަބަކީ ސަޖިދާގައި ތަސްބީޙަ ކިޔުމުގައި ގިނަވެގެން ކިތަންމެ ވަރަކަށްކީ ނަމަވެސް މައްސަލައެއް ނެތެވެ. ކިޔުނުހައި ގިނައިން ކިޔަންވީއެވެ. އަދި އެއީ މުޅި ނަމާދުގެ ތެރެއިންވެސް އަޅާއަށް ﷲ ތައާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތެވެ. ސަޖިދައިގައި ކިޔަންޖެހޭ ތަސްބީޙް ކިޔުމަށްފަހު ބޭނުން ކަމަކަށް އެދި ދުޢާވެސް ކުރެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން