ތިމާ އިޞްލާޙްވާން އެދިގެން ޤުރްއާން ކިޔަވަންވީ މަގު-: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިމާ އިޞްލާޙްވާން އެދިގެން ޤުރްއާން ކިޔަވަންވީ މަގު-: ޝައިޚް ނިމާލް

ރަމަޟާން މަހަކީ ކީރިތި ޤްރްއާނުގެ މައްސަރުކަމަށްވުމުން ގިނަ ބައަކު ބަލަނީ ވީހައި ގިނައިން ޚަޠިމް ކުރެވޭތޯއެވެ. ގިނައިން ޚަޠިމް ކުރުމަކީ ވަރަށް ރަނގަޅު، ފައިދާހުރި ކަމެކެވެ. ނަމަވެސް ކުރެވުނު ޚަޠިމުގެ އަދަދުގެ ވާހަކަ ދައްކައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.  

ކީރިތި ޤުރްއާން ކިޔަވައި އުޅޭ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. މީގެތެރެެއިން އެންމެ ބޮޑަށް ފައިދާކުރާނީ ތިމާގެ ޢަމަލުތައް އިޞްލާޙްކުރެވޭނެ މަގުން ކިޔެވުމުންނެވެ. އެހެންކަމުން މިބަލައިލަނީ އެންމެ ފަސޭހައިން އެކަން ކުރެވޭނެ މަގަށެވެ. 

ކިޔަވަމުންދާއިރު މާނަކިޔާށެވެ! އަދި ކީރިތި ޤްރުޢާނުގައި ބަޔާންކުރައްވަވާފައިވާ ކޮންމެ އެންގެވުމެއްވެސް ނިޞްބަތްކުރައްވަވާފައި އެވަނީ ތިމާއަށް ކަމަށް ވިސްނައިގެން ކިޔަވާށެވެ. އެމަގުން އެންމެ ފަހަރަކު ކިޔެވިނަމަވެސް މީހާ އިޞްލާޙް ވާނެ އެވެ. 

އެންމެ މުހިންމީ ކީރިތި ޤްރުއާނުގެ މާނަ އެނގުމެވެ. "ނިކަން މީހަކު ގޮތް ބަލައިލަންވެސް ކީރިތި ޤްރްއާނުގައި އަންގަވާފައިވާ އެންގެވުންތައް ﷲ ތަޢާލާ ނިޞްބަތް ކުރައްވަވާފައި އެވަނީ ތިމާއަށް ކަމަށް ވިސްނައިގެން ވިސްނުންތެރިކަމާއިއެކު ކީރިތި ޤްރުއާނުގެ މާނަ އެއްކޮޅުން އަނެއްކޮޅަށް އެންމެ ފަހަރަކު ނަމަވެސް ކިޔާލަބަލަ! އެމީހަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ!  އެމީހާ އިޞްލާޙްވާނެ! އިން ޝާ ﷲ 

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން 

މިއަދު އޮންލައިން