"އަޅުގަނޑުމެންގެ ތެރެއިން ތަނަވަސްކަމުގެ އަހުލުވެރިން ހަޤީޤަތުގައި އެބައިމީހުން އުފާވެރިކަމާއެކީގައި ރަމަޟާންމަހުގެ ދުވަސްތައް ހޭދަކުރަމުންދާހިނދުގައި އެބައިމީހުންފަދަ އިންސާނުން، އެހެންނަމަވެސް ނިކަމެތި ޙާލުގައި ކާނޭއެއްޗެއް ނުލިބި ތިބިކަން ހަނދާންކުރަން ޖެހޭ.
ރަމަޟާން މަސް ހަޤީޤަތުގައި ގެނެސްދޭ އެއްމެބޮޑު އެއްކަމަކީ އެއީ، ފަޤީރުންގެމަތިން ހަނދާންކުރުން. މިސްކީނުންނާ ދަތި ޙާލުގައި އުޅޭ މީހުންގެމަތިން ހަނދާންކޮށްދިނުން. އެހެންވީމަ އަޅުގަނޑުމެންނަށް ވީމިންވަރަކުން، ތަނަވަސްކަމުގެ އަހުލުވެރިން، ފަޤީރުންނަށް ނިކަމެތިންނަށް އެބައިމީހުންގެ އަތުން ހޭދަކޮށް ޞަދަޤާތްކޮށް، އެބައިމީހުންނަށް ރޯދަވީއްލުން ހޯދައިދީ، މިފަދަ ކަންތައްތައްކުރުމަކީ ވަރަށް މުހިއްމުކަމެއް."
ހަޤީޤަތުގައި ރަމަޟާންމަސް އައުމުން އަޅުގަނޑުމެން ވާންޖެހޭނީ އުފާވެރިބައެއްގެ ގޮތުގައެވެ. އަދި އެހެންމީހުން އުފާކޮށްދޭ ބައަކުކަމުގައެވެ. ރަމަޟާން މަސް މިކަމަށް ގެނެސްދޭ ފުރުޞަތު ހަމައެކަކުވެސް ނަގައިނުލާށެވެ!
މާނަޔަކީ ހެޔޮކަން، ހެޔޮކަމުގެ، ހެޔޮކަންތައްތައް ފަތުރާ، މީހުންނަށް ހެޔޮފޯރުވާ، ޞަދަޤާތް ކުރުން ގިނަކުރަން ޖެހެއެވެ. ކުޅިވަރުކުޅެ މަޖާކުރުމުގެ ވާހަކައެއް ނޫނެވެ.
--ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން