ޔާ ﷲ! ރަމަޟާން މަހުގެ ބޭނުމަކީ އިނބަ ﷲ އާއި އިތުރަށް ކުށްތަންވުންކަމަށް ޤަބޫލުކުރެވި އިނބަ ﷲ ގެ ރަޙްމަތަށް އެދިގެން މަސައްކަތްކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! އަދި ފަހު ދިހައިގައި އިތުރަށް ހީވާގިވުމުގެ ތައުފީޤްވެސް މިއަޅާއަށް ދެއްވަވާނދޭވެ!
ޔާ ﷲ! މިރަމަޟާ މަހު ވީހައި ގިނަ އަޅުކަންކުރުމުގެ ހިތްވަރާއި ސާބިތުކަން މިއަޅާއަށް ދެއްވަވާނދޭވެ! އަދި އިނބަ ﷲ އެންމެ މާތްކުރެއްވެވިރޭ، ލައިލަތުލްޤަދްރިވިލޭރޭ ލިބިގަތުމުގެ ތައުފީޤްވެސް މިއަޅާއަށް ދެއްވަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ ގެ ޙަޟްރަތުން ދިޮންނެވުމާއި ރަޙްމަތަށް އެދިގެން މި ރަމަޟާން މަހު އަޅުކަންކުރި އެންމެހައި މުސްލިމުންގެ ފާފަތައް ފުއްސަވައިދެއްވަވައި ނަރަކައިން މުއްތިކުރައްވަވައި އެންމެންނަށް ސުވަރުގެ ދެއްވަވާނދޭވެ!
ޔާ ﷲ އިނބަ ﷲ މި ރަމަމާން މަހު ފާފަ ފުއްސަވައި ދެއްވަވާ އަޅުންގެތެރޭގައި މިއަޅާގެ މައިންބަފައިންނާއި އަނބިދަރީން / ފިރިން ހިމަނުއްވަވައި ދެއްވަވައިދެއްވަވާނދޭވެ! އާމީން
--އިސްލާމީ ތިލަފަތުގެ ދަރުސަކުން