އެރެއާ ބައްދަލުވުމުން މިއީ ލައިލަތުލްޤަދްރް ވިލޭރޭކަން ހިތަށް އިޙްޞާޞްވާނެ މީހަކަށްވާން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެރެއާ ބައްދަލުވުމުން މިއީ ލައިލަތުލްޤަދްރް ވިލޭރޭކަން ހިތަށް އިޙްޞާޞްވާނެ މީހަކަށްވާން މަސައްކަތްކުރާށެވެ!

ކޮންމެ ޢިބާރާތަކުން ވާހަކަދެއްކި ނަމަވެސް މުސްލިމަކަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަމަކީ އެމީހަކާއި ލައިލަތުލްޤަދްރިވިލޭރޭ ބައްދަލުވެ އެރޭގެ ފައިދާ ޙާޞިލުކުރެވުމެވެ. އެރޭވަނީ ސިއްރުކުރެވިގެންނެވެ. އޮތީ ހޯދަން މަސައްކަތްކުރުމެވެ.

ލައިލަތުލްޤަދްރް ވިލޭރޭގެ ބައެއް ސިފަތައް ރަސޫލް (ﷺ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.

"އެރެއަކީ އުޑުމަތި ވަރަށް ރީތި ސާފުވެގެންވާ ރެއެކެވެ. ވިލާތަކެއް (މާގިނަ) ނުހުންނާނެއެވެ. ޠޫފާނީ ވައިރޯޅީއެއް ވެސް ނުޖެހޭނެތެވެ. އެހެން ރޭތަކާއި ޚިލާފަށް އެރެއަކީ އަލިވެގެންވާ ރެއެކެވެ. ވަރަށް އުޖާލާވެގެންވާނެ ރެއެކެވެ. ހީވާނީ އަރާފައިވާ ހަނދެއް ހުންނަހެންނެވެ. އެއީ އުޖާލާވެގެންދާ ވަރުންނެވެ."

ލައިލަތުލްޤަދްރް ހޯދަން މަސައްކަތްކުރާ މީހާއަށް އެރޭ އައުމުން އެއީ އެރޭކަން އިހްޞާޞްކުރެވޭނެއެވެ. ﷲ ތަޢާލާ އެމީހަކަށް އެކަން އިލްހާމް ކުރައްވަވާނެތެވެ.

އަދިވެސް ބަޔާންވެގެންވެއެވެ. "އެރެއަކީ ވަރަށް ހަމަހިމޭންކަން ލިބިގެންވާ ރެއެކެވެ. މީސްތަކުން ޒުވާބުކޮށް އުޅޭ ރެއެއް ނޫނެވެ. ޠޫފާން އަންނާނެ ރެއެއްވެސް ނޫނެވެ. އެރެއަކީ ފިނި ރެއެއް އަދި ހޫނެ ރެއެއްވެސް ނޫނެވެ. އެ ރޭ އެއްވެސް ގިނަ ހިލައެއް އަންނަތަނެއް ނުފެންނާނެތެވެ.

ލައިލަތުލްޤަދްރް ހޯދަން މަސައްކަތްކުރާ މީހާއަށް މި ޢަލާމާތްތައް ފެނުމުން އެކަން އިޙްޞާޞް ކުރެވޭނެ އެވެ. ހިތަށް ފިނިކަން ލިބޭނެއެވެ. "މިއީ ލައިލަތުލްޤަދްރް ވިލޭރޭ ނޫންބާވައޭ" ހިތަށް އަރާނެއެވެ. އެއީ އެރޭ ހޯދަން ގަދައަޅައި މަސައްކަތްކުރާ އަޅުނަށް އެ ރޭ ﷲ ތާޢާލާ އިލްހާމްކޮށްދެއްވަވާނެތީއެވެ. މިރޭ ވާނީ ލައިލަތުލްޤަދްރް ވިލޭރެއަށޭ އެމީހާގެ ހިތަށް އަރާނެއެވެ."

އެރޭ ލިބިގަތުމަށްޓަކައި އަޅުކަންކުރާ މީހުންނަށް އާދައާ ޚިލާފް މުރާލިކަމެއް ދެއްވަވާފައިވާނެއެވެ.

--ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން

މިއަދު އޮންލައިން