މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ދެބައިވީއެވެ. އެއްބައަކު އަންނަނީ މަސްފެށުނީންސުރެ ހީވާގިކަމާއިއެކު އަޅުކަންކުރަމުންނެވެ! އެމީހުންނަށް ބުނެލަންއޮތީ ލެވުނު އެންމެ ބޮޑަށް ބާރުލައި އަދިވެސް އިތުރަށް ހިތްވަރުކޮށްލާށެވެ!
މިހައިތަނަށް ހީވާގިނުވެވި ތިބި މީހުންނަށް ބުނެލަން އޮތީ މާޔޫސްނުވާށެވެ! އަދިވެސް ވަގުތުއެބައޮތެވެ. އަވަހަށް ކުރިމަތިލާށެވެ!
ރަމަޟާން މަހު އެންމެ އުނދަގޫކަމަކަށްވަނީ ފަހުދިހައިގެރޭތަކުގައި ހީވާގިވެ ލައިލަތުލްޤަދްރްވިލޭރޭ ޙާޞިލުކުރަން މަސައްކަތްކުރުމެވެ! ރަމަޟާންމަހަށް ކުރިމަތިލައި ފަށައިގަތް ހިތްވަރުގައި މަސް ނިންމުމަކީ ކުރަން ފަސޭހަކަމަކަށް ގިނަބައަކަށް ނުވެއެވެ!
މާޔޫސްނުވާށެވެ! އެންމެ މުހިންމީ ހިތްވަރުކުރުމެވެ. ހިތްވަރު އެލުވާނުލައި ކުރިއަށްދާން މަސައްކަތްކުރާށެވެ! ތިބާ އެކަމަށްކުރާ މަސައްކަތް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ތިބާ ކުރާ ހިތްވަރަށް ޖަޒާ ދެއްވަވާނެތެވެ! އަދި ހިތްވަރު ދެއްވެވުން އެދިގެން މަސައްކަތްކުރާ މީހާއަށް ހިތްވަރުވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން