ވުޟޫކުރަންޖެހޭނީ މުޞްޙަފްގައި ބީހުމަށާއި މުޞްޙަފް ހިފައިގެން ހުރެ ޤްރުއާން ކިޔަވާނަމަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވުޟޫކުރަންޖެހޭނީ މުޞްޙަފްގައި ބީހުމަށާއި މުޞްޙަފް ހިފައިގެން ހުރެ ޤްރުއާން ކިޔަވާނަމަ-

"ޤުރްއާން ކިޔަވާނަ ވުޟޫކުރަންޖެހޭނެތޯ؟" ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.  

ވުޟޫކުރަން ޖެހޭނީ މުޞްޙަފްގައި ބީހުމަށެވެ. އަދި މުޞްޙަފް ހިފައިގެން ހުރެ ޤްރުއާން ކިޔަވާނަމަ އެވެ.  

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.   

މުޞްޙަފް ހިފައިގެން ހުރެ ޤްރުއާން ކިޔަވާނަމަ ވުޟޫ ކުރަން ޖެހޭނެއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(لا يَمَسَّ الْقُرْآنَ إِلا طَاهِرٌ) 

މާނައަކީ:" ޠާހިރުވެ ހުންނަ މީހަކު މެނުވީ (ވުޟޫކޮށްގެން ހުރި މީހަކު މެނުވީ ) ޤްރުއާނުގައި ނުބީހޭ ހުށިކަމެވެ." އެހެންނަމަވެސް މުޞްޙަފަކާ ނުލައި ހިތުން ކިޔަވާނަމަ ވުޟޫ ކުރުން ލާޒިމެއް ނޫނެވެ. އަދި މޯބައިލް ފޯން ފަދަ ތަކެތިން ޤްރުއާން ކިޔަވާނަމަވެސް ވުޟޫ ކުރުން ލާޒިމެއް ނޫނެވެ. ސަބަބަކީ މޯބައިލް ގައި ހިމެނިގެންވަނީ ހަމައެކަނި ޤްރުއާން ނޫން ވީމައެވެ. 

ކުރައްވާ ސުވާލަށް ޖަވާބު ލިބިލައްވައިފިކަމަށް އުންމީދުކުރަމެވެ.

 

މިއަދު އޮންލައިން