އަހުރެން ދަތުރުމަތީގަ ރޯދަހިފަމެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަހުރެން ދަތުރުމަތީގަ ރޯދަހިފަމެވެ!: މުފްތީ މެންކް

އަހުރެން މިވަޤުތު މިހުރީ ދަތުރެއްގެ މަތީގައެވެ. ފުރަން އެއާޕޯޓެއްގައެވެ. ދެން އޮތް ދަތުރަށް ފުރުމުގެ ކުރިންވެސް ނަޞޭޙަތުގެ ބަސްކޮޅެއް ބުނެލަން ބޭނުންވީއެވެ. 

ދަތުރެއްގެ މަތީގައިވާ މީހާއަށް ރޯދަ ދޫކޮށްލުން ހުއްދައެވެ. އެކަމުގެ ސަބަބުން ތަކްލީފެއް އުފުލަން ނުޖެހުނު ނަމަވެސް އެހުއްދަ އޭނާއަށް އޮވެއެވެ. ވީމާ އަހުރެންނަށް ރޯދަ ނުހިފައި ދޫކޮށްލާފައި ފަހުން ޤަޟާކުރެވިދާނެއެވެ.  

އެހެނަސް އަހުރެން ޢަމަލުކުރާ ގޮތަކީ ދަތުރެއްގެ މަތީގައިވީނަމަވެސް މަޖުބޫރު ޙާލަތެއް މެދުވެރިވެގެން ނޫނީ ރޯދަ ނުހިފައި ދޫކޮށްނުލުމެވެ. ސަބަބަކީ އަހުރެން ބޭނުންވަނީ ރަމަޟާން މަހުގެ ރޯދަތައް ރޯދަމަހުގައި ހިފާށެވެ. ރަމަޟާން މަސް ނިމުމުން ވީހައި ގިނައިން ސުންނަތް ރޯދަތައް ހިފާށެވެ. 

އަދި ބުނެލަމެވެ. ގާތުން ކިރުދޭ މައިންނަށާއި މާބަނޑު އަންހެނުންނަށްވެސް ރޯދަ ނުހިފައި ދޫކޮށްލެވިދާނެއެވެ. އެކަމަށް ހުއްދަލިބިގެންވެއެވެ. އެފަދަ މީހުން އެމީހަކަށް ރޯދަ ހިފޭނެކަން ނުވަތަ ނުހިފޭނެކަން ކަނޑައެޅުމަކީ އެމީހުންގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. އެހެންކަމާއިއެކުގައިވެސް ބުނެލަން އޮތީ ރޯދަ ހިފުމުން ތިމާގެ ޞިއްޙަތަށް ގެއްލުމެއް ނުލިބޭނެ ނަމަ، އެކަމުން ތަކްލީފް އުފުލަން ނުޖެހޭނެނަމަ ރޯދަހިފާށެވެ. ނުހިފުނުނަމަ ރަމަމާން މަސް ނިމުމުން އަވަހަށް ޤަޟާކުރާށެވެ!  

ރޯދަ ނުހިފޭނެ ފަދަ ދާއިމީ ބައްޔެއްގައި އުޅެންޖެހިފައިވާ މީހުން ރޯދަހިފުމެއް ނެތެވެ. ފިދުޔަދޭނީއެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން