ރަމަޟާން މަހުގެ ފަހު ދިހައާއިބެހޭގޮތުން ޝައިޚް ޢަބްދުﷲ މިފްޟާލް ވިދާޅުވެފައިވެއެވެ.
މިއުންމަތުގެ އެންމެ މާތް ޞާޙިބާ، ރަސޫލާ މުޙައްމަދު (ﷺ) އީ އެއްވެސް ފާފައެއް ނެތް ބޭކަލަކެވެ. އިތުރު މާތް ނަބިއްޔާ (ﷺ)ގެ އިސްވެދިއަ ހައި ފާފަތަކާއި ކުރެއްވޭނެހައި ފާފަތަކެއް ﷲ ތަޢާލާ ވަނީ ޢަފޫކުރައްވަވައިފައެވެ. ރަސޫލް (ﷺ) ދުނިޔެއިން އެންމެ ލޯބި ކުރެއްވީ ހުވަނދަށާއި އަނބިއަނބިކަނބަލުންނަށެވެ. އެހެންކަމާއިއެކުވެސް އެއްވެސް ފާފައެއް ނެތް، ރަސޫލް (ﷺ) އެކަލޭގެފާނު އެންމެ ލޯބިފުޅުކުރައްވަވާ އަނބިއަނބިކަނބަލުންވެސް ދޫކުރައްވަވައި ރަމަޟާން މަހުގެ ފަހު ދިހައިގައި އިންނެވީ މިސްކިތްކޮޅުގައި އިއުތިކާފަށެވެ.
ވީމާ ފާފަތަކުން ފޯވެގެން ތިބި އަހަރެމެންގެ ޙާލަތާއިމެދު ވިސްނާށެވެ! ފަހު ދިހަ ކާމިޔާބުކުރަން އަހަރެމެން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ. މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުން 2 ދިހައެއް ނިމި 3 ވަނަ ދިހައަށް ފެށުނީއެވެ. އަހަރެމެންނަކީ އިންސާނުން ކަމަށްވުމުން ކޮންމެ ކަމެއްގައިވެސް ކަންކަން ކުރެވޭނީ އެކި މީހުންނަށް އެކި މިންވަރަށެވެ. ވީމާ ކުރީ ދެ 10 ގައި ކަންނެތްވީ ބައަކުވެސް ތިބޭނެއެވެ.
އެފަދަ މީހުން އަދިވެސް އުންމީދު ކަނޑައިނުލާށެވެ. މާޔޫސް ނުވާށެވެ. ކުރިއަށް މިއޮތް ދިހައިގައި ގަދައަޅައި މަސައްކަތްކުރާށެވެ. ހުރިހާ ރޭތަކުގައި ގަދައަޅައި މަސައްކަތްކުރެވިއްޖެ ނަމަ ލައިލަތުލްޤަދްރް ޙާޞީލް ކުރެވޭނެއެވެ. އިން ޝާ ﷲ! އެއިރުން އެއޮތީ ހުރިހާ ބޭނުންތަކެއް ފުދިފައެވެ. ވީމާ ކުރީ ދެ ދިހައިގައި މަސައްކަތް ކުރެވުނު މީހުންނާއި ނުކުރެވޭ މީހުންވެސް ފަހު 10 ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
- ޝައިޚް ޢަބްދުﷲ މިފްޟާލްގެ ދަރުސަކުން