ރޭއަޅުކަމަށް ކުދި ބޮޑު އެންމެން ސަމާލުކަން އިތުރުކުރައްވާ!: ޝައިޚް އިބްރާހީމް ފަރީދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
ރޭއަޅުކަމަށް ކުދި ބޮޑު އެންމެން ސަމާލުކަން އިތުރުކުރައްވާ!: ޝައިޚް އިބްރާހީމް ފަރީދް

الْحَمْدُ اللهِ وَحْدة  وَصَّلاة وِسَّلام عَلَى مَلاَّ نَبِيِّ بَعْدَة وَعَلى آلِه وَصَحْبِهِ وَعَلى......  

"އަޅުގަނޑުމެންގެ ފިރިހެން ބޭފުޅުންނާއި، އަންހެން ބޭފުޅުންނާއި، ހުރިހާ އެންމެން ކުޑަކުދިންނަށް ދާންދެން މުސްކުޅިންނަށް ދާންދެން އަޅުގަނޑުމެން ރަމަޟާން މަހުގެ ތަރާވީޙް ނަމާދު، ރަމަޟާން މަހުގެ ރޭ އަޅުކަން ކުރަމާ ހިންގަވާ! ތަރާވީޙް ނަމާދަކީ ރޭ އަޅުކަން

އެހެންވީމާ ރަމަޟާންމަހުގެ ރޭ އަޅުކަން ކުރައްވާ ތަރާވީޙް ނަމާދަށް ރައްކާތެރިވަމާ ހިންގަވާ!

އަޅުގަނޑު މެންގެ ހިތްތައް ބިރުވެތި ކުރުވާ އަޅުގަނޑުމެންގެ ލޯތަކުން ކަރުނަ އަޅާލާ ﷲ ގެ ޙަޟްރަތަށް މިއަޅުކަންމަތީގައި ދެމިތިބެވޭތޯ ސާބިތުވެ ތިބެވޭތޯ ބަލަމާ ހިންގަވާ! ﷲ އަޅުގަނޑުމެން ނަރަކައިން ސަލާމަތްކޮށްދެއްވާ ހެޔޮ ޖަޒާ ދެއްވާނެ!

ރަމަޟާން މަސް މިވަނީ އަޅުގަނޑުމެނާ ބައްދަލު ކޮށްފައެވެ! ރަމަޟާން މަހުގެ ޘަވާބާއި، މަޣުފިރަތާއި، ރަޙްމަތް އޭގެ އެންމެ ފުރިހަމަ ގޮތުގަ އަޅުގަނޑުމެން ލިބިގަންނަން ޖެހޭނެއެވެ.

އެގޮތުން ރަމަޟާން މަހުގެ ދުވާލު ރޯދައަށް ހުރުމުގެ އިތުރަށް އަޅުގަނޑުމެންޖެހޭ ރޭގަނޑުގައި ރޭ އަޅުކަން ކުރަން އާދެ އެއީ ވަރަށް މަތިވެރިވެގެންވާ ކަމެއް އަޅުގަނޑުމެންގެ އިސްވެ ގޮސްފައިވާ ކުދި ހުރިހާ ފާފައެއް އިންޝާ ﷲ ފޮހެވިގެންދާ ކަމެއް، އަޅުގަނޑުމެން މަސައްކަތް ކުރަންވީ ނޫންތޯ ހިތްވަރާ އެކީ ޢަޒްމާއެކީ އެންމެ ތިރީސް މިނިޓް އަޅުގަނޑުމެން މަސައްކަތް ކޮށްލައިފި ކަމަށްވާ ނަމަ އަޅުގަނޑުމެންނަށް މަތިވެރިވެގެންވާ ޘަވާބު އެބަލިބޭ ބޮޑު މަޣްފިރަތެއްއެބަ ޙާޞިލްވޭ

އާދެ! رَسُولُ اللهِ صِلَّى الله عليه وَسَلّمَ  حدِيْث  ކުރައްވާ ފައިވަނީ   "مَنْ قَامَ رَمَضَان إيْماَنًا وَحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِن ذَنْبِه" އީމާންކަމާއި ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދިހުރެ ރަމަޟާންމަހުގެ ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ހުރިހާ ފާފައެއް ފޮހެވިގެންދޭ، އޭގެ މާނައަކީ: ކުދި ހުރިހާ ފާފައެއް ފޮހެވޭނެ ވާހަކަ: ހަމަ އެހެންމެ  حدِيْث ކުރައްވާ ފައިވަނީ  " مَنْ قَامَ ليلة القدر إيْماَنًا وَحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِن ذَنْبِه" ލައިލަތުލްޤަދްރުގެ ރޭއަޅުކަން އީމާންކަމާއެކީ ﷲ ގެ ޙަޟްރަތުން އީމާންކަމާއި، ދަރުމަ އާއި ޘަވާބަށް އެދި ރޭ އަޅުކަން ކޮށްފިނަމަ އެމީހެއްގެ ކުދި އިސްވެ ގޮސްފައިވާ ހުރިހާ ފާފައެއް ފުއްސެވޭނެ ﷲ ސުބްޙަނަހޫ ވަތަޢާލާ އެމަތިވެރިވެގެންވާ ކުރައްވާ ފައިވަނީ   مغفرة މިދެއްވަނީ ރަމަޟާން މަހުގަ އެމަހެއް ދެއްވަވާފަ، އަޅުގަނޑުމެން ލިބިގަންނަމާ ހިންގަވާ!

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު މިއަދުނޫހަށް

 

 

މިއަދު އޮންލައިން