ޚާއްޞަކޮށް ފަހު ދިހައިގަ، ޢާންމުކޮށް މުޅި ރޯދަމަހު، ރޯދައަށް ހުރެ ރޯދައަށް ފައިދާ ނުކުރާނެ އެއްވެސް ކަމެއް ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޚާއްޞަކޮށް ފަހު ދިހައިގަ، ޢާންމުކޮށް މުޅި ރޯދަމަހު، ރޯދައަށް ހުރެ ރޯދައަށް ފައިދާ ނުކުރާނެ އެއްވެސް ކަމެއް ނުކުރާތި!

ހިފާ ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ރޯދައަށް ހުރެ ކުރަން ވާނީ ރޯދައަށް ފައިދާ ކުރާނެ ކަންކަމެވެ. ރޯދައަށް ހުންނައިރު ރޯދައަށް ފައިދާ ނުކުރާނެ ކަންކަމާއި ދުރުހެލިވާން ޖެހޭނެއެވެ.

"ކުޅިވަރު ކުޅުމަކީ ރޯދައަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން! ވީމާ ރޯދައަށް ހުރެ ކުޅިވަރު ކުޅުން ފަދަ ކަންކަމާއި ދުރުހެލިވާންވާނެ! ޚާއްސަކޮށް ފަހު ދިހައިގެ ދުވަސްތަކުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ!"

"ފުޓްބޯޅަ އަދި އެނޫންވެސް އެފަދަ ކުޅިވަރުތައް ކުޅުމަކީ އެއިގެ ޒާތުގައި ކުރަން ރަނގަޅު ކަމެއް ނަމަވެސް ރަމަޟާން މަހަކީ ކުޅިވަރު ކުޅުމުގެ މޫސުމެއް ނޫން! އެހެންވީމާ ކުޅިވަރު ކުޅުން، ކުޅިވަރު މުބާރާތް ބޭއްވުން ފަދަ ކަންކަން ކުރަންވާނީ ރޯދަމަސް ނިމި ޢީދު އައުމުން ޢީދުގައި!"

ކަން މިހެން އޮތް ނަމަވެސް އެކަމަށް ބެލުމެއް ނެތި ފަހު ދިހައިގެ ތެރޭގައިވެސް ކުޅިވަރު ކުޅެއެވެ. މުބާރާތްތައްވެސް ބާއްވައެވެ. ނަމަވެސް އެއީ އެކަން ކުރަން އޮތް ގޮތެއ ނޫނެވެ.

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ރޯދައަކީ ހަމައެކަނި ބަނޑުން (ނުކައި ހުރެގެން) ކުރާ ކަމަކަށް ހަދައިގެން ނުވާނެއެވެ. ރޯދަ ހަދަން ޖެހޭނީ އަދި ފުރިހަމައަށް ރޯދަ ހިފޭނީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުން ރޯދަ ހިފުމުންނެވެ. އަދި އެއިގެ މާނައަކީ ރޯދައަށް ހުންނައިރު ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުންވެސް ކުރަންޖެހޭނީ ރޯދައަށް ފައިދާކުރާނެ ކަންކަމެވެ. އެކަމެއް ކުރުމުން ﷲ ތައާލާ ޘަވާބު ދެއްވަވާނެ ކަންކަމެވެ. އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

--ޝައިޚް ނިމާލްގެ ދަރުސަކުން

މިއަދު އޮންލައިން