ދިރުވާލައިގެނެ ރާއްޖެ އެތެރެ ކުރަން އުޅުނު ރަންތަކެއް އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ދިރުވާލައިގެނެ ރާއްޖެ އެތެރެ ކުރަން އުޅުނު ރަންތަކެއް އަތުލައިގަނެފި

ވައިގެމަގުން އަބޫދާބީއިން ރާއްޖެ އައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން (ދިރުވާލައިގެން) ރާއްޖެ އެތެރެކުރަން އުޅުނު 361 ގްރާމްގެ ރަން ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ ވިޒްއެއާރ ފްލައިޓް ނަންބަރު W57105 އިން 2023 މާރިޗު 17 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މި މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮފައި ހުރިކަން ފާހަގަކުރެވުނުކަމަށާއި މި ތަކެއްޗާއި ބެހޭގޮތުން މި ފަސެންޖަރާއި ސުވާލުކުރުމުން އޭނާ ވަނީ ހަށިގަނޑުގައި ރަން ހުންނާނެކަމަށް އެއްބަސްވެފައި ކަމަށެވެ.

މީނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 361 ގްރާމް ހުއްޓެވެ. މި މައްސަލައިގައި އަތުލައިގަނެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލަ މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން