ވަޒީފާގެ އެއްބަސްވުމަށް ޢަމަލުކުރަމުން 1 ދުވަސްކުރިން މުސާރަދޭން ފަށައިފިނަމަ އެމީހަކަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ޚިޔާލަށްވެސް ނުގެނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ވަޒީފާގެ އެއްބަސްވުމަށް ޢަމަލުކުރަމުން 1 ދުވަސްކުރިން މުސާރަދޭން ފަށައިފިނަމަ އެމީހަކަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ޚިޔާލަށްވެސް ނުގެނެވޭނެ!

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ރަމަޟާން މަހު ތިބާ ކަންކަމަށް ބޭނުންވާނޭ ފަދައިން ތިބާގެ ނޯކަރުންވެސް ކަންކަމަށް ބޭނުންވާނެކަން ހަނދާންކުރާށެވެ! ވީމާ ރޯދަ ހިފަމުން އަންނައިރު މުވައްޒިފުންނާއިމެދު ޢަމަލުކުރުމުގައިވެސް ފުރިހަމަ މުސްލިމެއްގެ ސިފަ ޢަމަލިތަކުން ދައްކާށެވެ. އަދި ރަމަޟާން މަސް ނޫން މަސްތަކުގައިވެސް އެކަން އެގޮތަށް ކުރާށެވެ!  

މުވައްޒިފުންނަށް މުސާރަދޭއިރު ބަލަންވީ މަސް ނިމި 1 ވަނަ ދުވަހު މުސާރަދިނުމަކަށް ނޫނެވެ. ބަލަންވީ މަސް ނިމުމުގެ 1 ދުވަސްކުރިން މުސާރަދެވޭތޯއެވެ. މިޘާލަކަށް މަހަކީ 30 ދުވަހުގެ މަހެއް ނަމަ 29 ވަނަ ދުވަހު މުސާރަދޭށެވެ. 

މިއަދު މުވައްޒިފުންނާއިމެދު ސަމާލުކަން ނުދެވޭ ކަންކަން ވަރަށް ގިނައެވެ. 1. ވަޒީފާދިންއިރު ދެއްކި ވާހަކަތައް ހަނދާން ނުކުރުން. 2. އެއިރު އެއްބަސްވި ޝަރުޠުތަކަށް ޢަމަލުނުކުރުން 3 މުސާރަ ބޮޑުކުރަން އެއްބަސްވި ގޮތަށް މުސާރަ ބޮޑުކުރުމުގެ ބަދަލުގައި ބަހަނާ ދައްކައިގެން މުސާރަކުޑަކުރުން. 4. މުސާރަދޭންޖެހޭ ދުވަހު ނުދީ ލަސްކުރުން 

މީސްތަކުންނޭވެ! ވަޒީފާ އަދާކުރަން އަންނަނީ އެމީހުންނަކީ ނިކަމެތިން ކަމުގައިވާތީއެވެ. އެމީހުންގެ ބޭނުންތައް ފުއްދެން އޮތީ ވަޒީފާ އަދާކޮށްގެން ކަމުގައިވާތީއެވެ. ވީމާ އެމީހުންނަށް ވަޒީފާދީ އެމީހުން ލައްވައި މަސައްކަތްކުރުވައިގެން ތިބާގެ ތަނަވަސްކަން އިތުރުކުރަމުން އެމީހުން ދެރަކޮށް ނިކަމެތިކުރާނަމަ ﷲ ތަޢާލާ އެކަމަށް ޢުޤޫބާތް ނުދެއްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ނޫނެކެވެ. ހަމަ ޙައްޤު ޢުޤޫބާތް ދެއްވަވާނެތެވެ. 

ކުރާ މަސައްކަތުން ފައިދާ ނުވުމާއި ވިޔަފާރި ބަނގުރޫޓުވުމާއި އަދި ތިމާ އާއި ޢާއިލާގެ ޞިއްޙީ ދުޅަހެޔޮކަން ގެއްލިގެން ދިއުންވެސް ވަނީ މިބުނި ކަންކަމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. ވީމާ މުވައްޒިފުންނަށް ހެޔޮކޮށް ހިތާށެވެ. ކުރިއަށް މުސާރަދޭށެވެ. ދޭން އެއްބަސްވެފައިވާ މުސާރަ ހަމައަށް ދޭށެވެ. ސަލާމާއި ޗުއްޓީވެސް އެއްބަސްވެފައިވާ ގޮތަށް ހަމަޖައްސައިދޭށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާނެ ރަޙްމަތުގެ ބޮޑުކަން ވިސްނުމަށް ގެނެވޭވަރަށްވުރެވެސް މާބޮޑުވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން