މިކަން ކޮށްފިނަމަ ﷲ ވޮޑިގެންވަނީ ތިބާގެ ފާފަތައް ފުއްސަވައި ސުވަރުގެ ވެއްދެވުމަށް ތައްޔާރަށެވެ! ތިބާ ތިއަހުރީ އެ ނިޢްމަތް ލިބިގަންނަން ތައްޔާރަށް ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މިކަން ކޮށްފިނަމަ ﷲ ވޮޑިގެންވަނީ ތިބާގެ ފާފަތައް ފުއްސަވައި ސުވަރުގެ ވެއްދެވުމަށް ތައްޔާރަށެވެ! ތިބާ ތިއަހުރީ އެ ނިޢްމަތް ލިބިގަންނަން ތައްޔާރަށް ހެއްޔެވެ؟: މުފްތީ މެންކް

މިރޭ ފާހަގަ މިކުރަނީ އަހަރެމެންގެ މިންގަނޑުތަކުން މިނައިފިނަމަ އަބޫބަކުރުގެފާނުގެ އެނިންމެވުމަށް 100 މާކްސްދޭނެ ނިންމެވުމެކެވެ. އެއީ އަބޫބަކުރުގެފާނު އެހީތެރިވެވަޑައިގަންނަވަމުން ގެންދެވި މީހަކު އެކަލޭގެފާނަށާއި ޢާއިލާއަށް ނުހަނު ބޮޑު ގެއްލުމެއް ދިނުމުން އޭނާއަށް އެހީކަނޑުއްވާލަން ނިންމެވި ނިންމެވުމެވެ. އަހުރެމެންގެ ވިސްނުމުން އެނިންމެވުމަކީ ހަމަ ނިންމަވަން ޖެހިވަޑައިގަންނަވާނެ ނިންމެވުމެއް ކަމަށް ކަނޑައަޅާނެއެވެ. 

ނަމަވެސް އެކަން ﷲ ތަޢާލާގެ ޙަޟްރަތުން އައީ އެގޮތަކަށް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރެއްވެވީ އެކަން އެގޮތަށް ނުކުރެއްވެވުމަށެވެ. ނުވަތަ ނުކުރެއްވެވުމުގެ ހެޔޮކަން މާބޮޑު ކަމަށެވެ. 

"ތިއަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲ ގެ މަގުގައި ހިޖުރަ ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫ ކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަންނޫރު: 22) 

ދެން ނިކަން ބުނެބަލާށެވެ! ތިއަބައިމީހުންގެ ތެރެއިން އެކަކު އަނެކަކަށް، އަޚުންނަށް، އުޚުތުންނަށް، މައިންބަފައިންނަށް، ދަރިންނަށް މާފުކުރަން ތައްޔާރަށް ތިބީ ކިތައް މީހުން ހެއްޔެވެ؟ މާފުކުރަން ކެރޭނީ ކިތައް މީޙުންނަށް ހެއްޔެވެ؟ 

ކެރުމާއި ނުކެރުމަކީ އަދި ކުރުމާއި ނުކުރުމަކީ އެމީހެއްގެ އިޚްތިޔާރުގައިވާ ކަމެކެވެ. ﷲ ތަޢާލާގެ ވަޙީއަށް ބިރުވެތވެ މާފުކުރަން ކެރިއްޖެ މީހެއްގެ ފާފަ ފުއްސަވައި ދެއްވަވައި އެމީހަކު ސުވަރުގެވައްދަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން