އަންނަ އަހަރު ތިބާއަށް މިންވަރު ކުރައްވަވާނެ ނިޢްމަތްތައް ލިޔުއްވަވާނެ ރޭ އައިސް ޖެހުނުއިރު ބައްދަލުކުރަން ތިބާ ތައްޔާރުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އަންނަ އަހަރު ތިބާއަށް މިންވަރު ކުރައްވަވާނެ ނިޢްމަތްތައް ލިޔުއްވަވާނެ ރޭ އައިސް ޖެހުނުއިރު ބައްދަލުކުރަން ތިބާ ތައްޔާރުތަ؟

މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހަ ފެށެނީއެވެ! މިއަހަރު ބައްދަލުކުރާނެ އެރޭ އައިސް ޖެހުނީއެވެ. ތިބާ އާއިމެދު ވީހާ ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭ މީހާއަށް އޮތީ އަޅުކަންކުރުން ގިނަކުރުމެވެ. ވީހައި ގިނައިން ރޭއަޅުކަންކޮށް ދުޢާކުރުމެވެ. 

އެކަންކަމަށް ކަންނެތްވުމަކީ ދެއްވަވަން އޮތް ފުރުޞަތުތަކަށް އިހްމާލުވުމެވެ! ވަގުތު ނަގައިނުލާށެވެ! ވީހައި ގިނައިން ރޭއަޅުކަންކުރާ މީހަކަށްވާށެވެ! ދުޢާކުރުން ގިނަކުރާށެވެ! 

ލައިލަތުލްޤަދްރް ވިލޭރެއަކީ ކުރިއަށް އޮތް އަހަރު ހިނގާނެ ހުރިހާ ކަންކަން ލިޔުއްވަވާނެރެއެވެ. އެއިގެ ތެރޭގައި ތިބާ އާއިމެދު ކަންކަން ހިނގާނެ ގޮތްވެސް ހިމެނެއެވެ. ތިބާއަށް މިންވަރުކުރައްވަވާނެ ނިޢްމަތްތައްވެސް ހިމެނިގެންވެއެވެ. 

- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން