ތިމާއަށް އުފާވެރިކަމާއި މޮޅު ގޮތް ހޯދުމުގެ ދަހވެތިކަމުގައި އެއްވެސް މީހަކު ނިކަމެތިކޮށްނުލާށެވެ! ނިކަމެތިކޮށްލެވުނު މީހާ ކުރާ އެންމެ ދުޢާއަކުންވެސް، އޭނާގެ ލޮލުން ވައްޓައިލާ އެންމެ ކަރުނަތިއްކަކުންވެސް އަނިޔާދޭ މީހާގެ މުޅި މުސްތަޤްބަލް ބަނަވެގެން ހިނގައިދާނެއެވެ.
އަދި ކީއްހެއްޔެވެ؟ މީހަކަށް ދެރައެއްދިފައި ހޯދާ އުފަލެއް އެމީހަކާއިއެކު ދެމިނުއޮންނާނެއެވެ! އެމީހާއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު އެމީހާ ހިތްދަތިކޮށްފައި އެމީހަކާއި ވަކިވެގެންދާނެއެވެ. މިއީ އަބަދުވެސް ދުނިޔެއިން ފެންނަމުންދާ ކަންކަމެވެ.
ނިކަމެތިކަން ލިބިގެންދާ މީހާއަށް ބުނެލަން އޮތީ މާޔޫސްނުވާށެވެ! ތިބާ ހުރީ ޙައްޤުމަގުގައިނަމަ ތިބާއަށް ރަޙްމަތް ލައްވަވާނެތެވެ. ﷲ ތަޢާލާއަށް ވަކީލުކުރާ އަޅުންނަށް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން