ފަހުދިހައާ ބައްދަލުވުމުން ސުވަރުގެ ދެއްވެވުން އެދި ދުޢާކުރުމުގަ ހިމަނަންޖެހޭ މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފަހުދިހައާ ބައްދަލުވުމުން ސުވަރުގެ ދެއްވެވުން އެދި ދުޢާކުރުމުގަ ހިމަނަންޖެހޭ މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

ރަމަޟާން މަހުގެ ފަހު ދިހައިގައި އެންމެ ގިނައިން ދުޢާކުރާނީ ސުވަރުގެ ދެއްވެވުން އެދިގެންނެވެ. ޙަޤީޤަތުގައި އެވަރަކުން އަދި ނުފުދެއެވެ. އެއަށްވުރެ މާމަތިން އެބަ އެދެންޖެހެއެވެ. 

އެއީ ޖަންނަތުލްފިރުދައުސް ދެއްވެވުމެވެ. ލޮބުވެތި ނަބިއްޔާ މުޙައްމަދު އާއި އެންމެ އަރިއަހުގައި ލައްވަވައިދެއްވެވުމެވެ. 

މިދުޢާއަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކަށް ހަދައިގެން ފައިދާއެއް ނުކުރާނެއެވެ. ޖަންނަތުލްފިރުދައުސް ދެއްވެވުމަށާއި ލޮބުވެތި ނަބިއްޔާ މުޙައްމަދު އާއި އެންމެ އަރިއަހުގައި ލައްވަވައިދެއްވެވުމަށް އެދޭ މީހާ ޤުރްއާނަށް ޢަމަލުކުރަން އެބަޖެހެއެވެ. ރަސޫލް ގެ ސުންނަތަށް ޢަމަލުކުރަންއެބަޖެހެއެވެ.  

ﷲ ތަޢާލާ އާއި ރަސޫލް ދެކެ ލޯބިވުމަކީއެއީއެވެ. ޖަންނަތުލްފިރުދައުސް ދެއްވެވުމަށާއި ލޮބުވެތި ނަބިއްޔާ މުޙައްމަދު އާއި އެންމެ އަރިއަހުގައި ލައްވަވައިދެއްވެވުމަށް އެދޭ މީހާއަކީ ﷲ ތަޢާލާ އަށާއި ރަސޫލް ދެކެ ފފުރިހަމައަށް ލޯބިވާ މީހަކަށްވާންޖެހޭނެއެވެ. ލޯބިވުމަކީ ޤުރްއާނަށާއި ސުންނަތަށް ޢަމަލުކުރުމެވެ.

ވީމާ ދުޢާކުރަމުން ގެންދާއިރު ތިބާގެ ކިބައިގައިހުރި އިޞްލާޙްކުރަންޖެހޭ ޢަމަލުތައް އިޞްލާޙްކުރާށެވެ. ޤުރްއާނާއި ސުންނަތަށް ޢަމަލުކުރާ މީހަކަށްވާށެވެ! ޢަމަލުން އެކަންކަން ކުރަމުން ދުޢާކުރާށެވެ! ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން