މުހިންމީ ޢީދުގަ އުފާކުރަން އިތުރުދުވަސް ބޭނުންވެގެން ނަގާ ޗުއްޓީއެއް ނޫން! ފަހުދިހައިގަ އަޅުކަންކުރުން ގިނަކުރަން ނަގާ ޗުއްޓީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މުހިންމީ ޢީދުގަ އުފާކުރަން އިތުރުދުވަސް ބޭނުންވެގެން ނަގާ ޗުއްޓީއެއް ނޫން! ފަހުދިހައިގަ އަޅުކަންކުރުން ގިނަކުރަން ނަގާ ޗުއްޓީ!

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާ ގޮތްވެސް ގިނަބައަކަށް ނުވެސް އެނގިތިއްބައި ފަހު ދިހަ އައިސް ބައްދަލުކުރީއެވެ. މާދަމާރެއަކީ ފަހުދިހައިގެ ފުރަތަމަ އޮނަހިރި ރެއެވެ. އިން ޝާ ﷲ   

ފުރަތަމަ 20 ދުވަސް ފާއިތުވެގެން ދިއަކަން އެނގޭނީ ދުވަސްގުނި މީހަކަށެވެ. ކުރިއަށް އޮތް ދިހަ ދުވަސް ދާދި އަވަހަށް ނިމިގެން ހިނގައިދާނެއެވެ. އެހިސާބުން މިއަހަރުގެ ރަމަޟާން މަހުން ޘަވާބު ހޯދުމުގެ ފުރުޞަތު ގެއްލިގެންދިއައީއެވެ. 

ރަމަޟާން މަސް ގާތްވީންސުރެ އެންމެ ގިނައިން ކުރެވުނު ކަމަކީ ރަމަޟާން މަހުގެ ބޭނުން ވީހައި ރަނގަޅު ގޮތުގައި ހިފުމަށް ނަޞޭޙަތްތެރިވުމެވެ. ރަމަޟާން މަހު ކުރެވުނު މަސައްކަތުން ތިމާއަކީ މި ރަމަޟާން މަހު ފާފަ ފުއްސަވައި ދެއްވަވާ އަޅަކު ކަމުގައި ވުމަށް މަސައްކަތްކުރުމަށް ނަޞޭޙަތްދިނުމެވެ. 

މިރޭވެސް ބުނެލަން އޮތީ ޗުއްޓީ ލިބޭނަމަ އޮފީހުން ޗުއްޓީ ނަގައިގެންވެސް ރަމަޟާން މަހުން ދެން ބާކީ އޮތް ދުވަސްކޮޅުގައި އިތުރަށް ހީވާގިވެލާށެވެ! ރަމަޟާން މަސް ނިމުމުން އަޅުކަންކުރެވުނު މިންވަރު މަދުވެގެން ހިތާމަކުރަންޖެހޭނެ މީހަކު ކަމުގައި ނުވާށެވެ! އެއިރުން ކިތަންމެ ވަރަކަށް ހިތާމަކުރިނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. 

ދެން މިއޮތް ދުވަސްކޮޅު ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރަންނޫނީ އަޅުކަމާއި ދުރުހެލިނުވާށެވެ! ރަމަޟާން މަސް ލިބިގަތުމަށް ކުރަންވީ ކަންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ރަމަޟާން މަސް ފެށުމުގެ ކުރިންސުރެ ހުރިހާ ޢިލްމުވެރިންހެން އެގެންދަނީ އެކަންކަން ކިޔައިދެމުންނެވެ. އަދި އެއީ އާވާހަކަތަކެއްވެސް ނޫނެވެ. ކާމިޔާބުލިބުން ވަނީ ޢަމަލުކުރެވުނު މީހަކަށެވެ.

ދުޢާއަކީ އަހަރެމެން އެންމެންނަކީވެސް ރަމަޟާން މަސް ނިމޭއިރު ފާފަ ފުއްސަވާ އަޅުން ކަމުގައި ލެއްވެވުމެވެ. އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން