"ޢަޞްރުގެ ކުރިން ހަތަރު ރަކްޢަތްކޮށްފި މީހަކަށް މާތް ﷲ ރަޙްމަތްލައްވާނެއެވެ".: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
"ޢަޞްރުގެ ކުރިން ހަތަރު ރަކްޢަތްކޮށްފި މީހަކަށް މާތް ﷲ ރަޙްމަތްލައްވާނެއެވެ".: ޙަދީޘް

ޢަޞްރުކުރީގެ ހަތަރު ރަކްޢަތާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. 

(رَحِمَ اللَّهُ امْرَأً صَلَّى قَبْلَ الْعَصْرِ أَرْبَعًا)

މާނައަކީ: "ޢަޞްރުގެ ކުރިން ހަތަރު ރަކްޢަތްކޮށްފި މީހަކަށް މާތް ﷲ ރަޙްމަތްލައްވާނެއެވެ". 

ޢަޞްރުނަމާދު ގެ ކުރިން ކުރާ ހަތަރު ރަކްޢަތަކީ ރަވާތިބު ސުންނަތުގެ ތެރޭގައި ހިމެނޭ ރަކްޢަތް ތަކެއް ނޫނެވެ. އެހެންނަމަވެސް ސުންނަތްކަން ގަދަވެގެންވާ ހަތަރު ރަކްޢަތެވެ. ނަމަވެސް ރަވާތިބު ސުންނަތްހާ ޘަވާބު ގިނަ ރަކްޢަތް ތަކެއް ނޫނެވެ. واللهأعلم 

ޢަޞްރު ނަމާދުގެ ކުރިން ބައެއް މީހުން 2 ރަކްޢަތްވެސް ކުރެއެވެ. އަނެއް ބައަކު 4 ރަކްޢަތްވެސް ކުރެއެވެ. އެމީހަކަށް ޚުޝޫޢަތްތެރިކަމާއިއެކު ކުރެވޭނެ ވަރަކަށް ކުރަމުން ގެންދާށެވެ! އެހެން މީހުން ކުރާ ވަރަށް ބެލުމަށްވުރެ މުހިންމީ އެމީހަކަށް ޚުޝޫޢަތްތެރިކަމާއިއެކު ކުރެވޭނެ ވަރަކަށް ކުރުމެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން