އެއްދާންކުރުމުގަ ތަފާތުވުމުގެ މައްސަލަ ކުރިމަތިވާނަމަ ޙައްލު ހޯދެން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެއްދާންކުރުމުގަ ތަފާތުވުމުގެ މައްސަލަ ކުރިމަތިވާނަމަ ޙައްލު ހޯދެން ކުރެވިދާނެ ބައެއް ކަންކަން-

އަންހެނުންނަށްވުރެ ކުރިން ފިރިމީހާއަށް ފުދުމަކީ ފިރިހެނުންގެ ޠަބީޢީ ކަމެކެވެ. ނަމަވެސް، މިކަން އިޞްލާޙުކޮށް ރަގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެއެވެ. އެކަމަށް އެންމެ ރަނގަޅު ފަރުވާއެއް ދެވޭނީ އެމީހާގެ ސިކުނޑިންނެވެ. އެކަމުގައި ތަޖުރިބާކާރުންގެ ލަފާ ހޯދާށެވެ!

ކުޑަކުޑަ އެއްކަމެއް ބުނެލާނަމެވެ. ފިރިމީހާގެ ވަޤުތު ގާތްވާކަން އަނބިމީހާއަށް އިޙްޞާޞްކުރެވުމާއިއެކު އަނިޔާއަކަށް ނުވާނެ ވަރުން ފިރިމީހާގެ ގައިގައި ވިކައިގަންނާށެވެ. ތަދުނުވާނެ ވަރަށް ލޯބިން ދަތްވެސް އަޅައެވެ. 

ދެން އޮތީ ދީނީ ގޮތުން ބަލައިލަންވީ ބައެއް ކަންކަމެވެ. ދެމަފިރި ކަމުގެ ގުޅުން ހިންގުމުގެ ކުރިން ކުޑަކަމުގޮސް، ވުޟޫކޮށް، އެއްދާން ކުރަން ފެށުމުގެ ކުރިން ލޯބި ކުރުމަށް ޢިލްމުވެރިން އިރްޝާދު ދެއްވައެވެ. އަދި ދައުހިއްލައިގެން ތިބިނަމަ ފެންވަރައި ތާޒާވެލުން މުހިންމުކަންވެސް ފާހަގަކުރައްވައެވެ. 

އެކަމަށް ހުންނަ ބޭސް ބޭނުން ނުކުރާށެވެ. ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އެކަމަށްޓަކައި ހުންނަ ގިނަ ބޭސްތަކަކީ އޭގެ ސައިޑިފިކެޓްތައް ވަރަށް ބޮޑެތި ބޭސްތަކެކެވެ. އެފަދަ ބޭސް ބޭނުންކުރަން ފެށުމުން ވަރަށް އަވަހަށް ނާރުތަކުގެ ބާރު ދެރަވެގެންދެއެވެ. ފަހުން ބޭހާއި ނުލައި އެއްދާން ނުކުރެވޭ ޙާލަތަށް ގޮސް އަދި އެއިގެ ފަހުން ބޭސް ބޭނުންކުރިނަމަވެސް އެކަމުގެ އަސަރެއްވެސް ނުކުރާނެއެވެ.

މީގެ އިތުރުން ބޭހަކީ ވަރަށް ބޮޑު އެއްޗަކަށްވުމުން އަތުން ބޭކާރުގޮތުގައި ގެއްލިގެން އެދަނީ އަނބިދަރިންނަށް ހޭދަކުރަން ހުރި ވަރަށް ގިނަ ފައިސާތަކެކެވެ. ވީމާ، ބޭސް ބޭނުން ކުރުމުގެ ބަދަލުގައި މަތީގައި ބަޔާން ކުރެވުނު ގޮތަށް ކަންތައް ކުރެއްވުން ބުއްދިވެރިއެވެ. 

- އަލަފް

 

މިއަދު އޮންލައިން