ރަވާތިބްތޯ ނޫންތޯ މިން އަޅަން ފަހަށް ބާއްވާށެވެ! ސުންނަތް ނަމާދެއް ކޮށްލާނެ ފުރުޞަތު ލިބިއްޖެނަމަ ނުކޮށް ދޫކޮށްނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ރަވާތިބްތޯ ނޫންތޯ މިން އަޅަން ފަހަށް ބާއްވާށެވެ! ސުންނަތް ނަމާދެއް ކޮށްލާނެ ފުރުޞަތު ލިބިއްޖެނަމަ ނުކޮށް ދޫކޮށްނުލާށެވެ!

ރަވާތިބް ސުންނަތުގައި ހިމެނިގެންވަނީ އެންމެ 12 ރަކްޢަތެވެ. އެއީ ހަމަ ރަނގަޅު ، ޞައްޙަ ނިންމުމެކެވެ. އަދި 12 ރަކްޢަތް ކުރާނަމަ އެމީހަކަށް ދެއްވަވާނެ ނިޢުމަތުގެ ވާހަކަ އަދި ފަހުން ބުނާނަމެވެ. 

މިހާރު ބުނެލަން ބޭނުންވަނީ ސުންނަތް ނަމާދެއް ކޮށްލަން ކިތަންމެ ހަނި ފުރުޞަތެއް ލިބުނަސް އެނަމާދެއްކޮށްލަން އަވަސްވެގަންނާށެވެ! ސަބަބަކީ ޤިޔާމަތް ދުވަހު ސުވަރުގޭގައި ރަސޫލް އާއި އެންމެ އަރިއަހުން ޖާގަ ހޯދަން ކުރަން އޮތް އެއް ކަމަކީ ސަޖިދަކުރުން ގިނަކުރުމެވެ. އެޙަދީޘްފުޅުގައި އެއޮތީ ކޮންމެ ރަކްޢަތެއްގައި 10،12 ސަޖިދަ ޖަހައިގެން ނޫނީ ނަމާދުނުކޮށްހުރެ ހަމައެކަނި ސަޖިދަ ޖަހައިގެން ސަޖިދައިގެ ޢަދަދު ގިނަކުރާ ވާހަކައެއް ނޫނެވެ. ވީހާ ގިނައިން ސުންނަތް ނަމާދުތައްކޮށްގެން ސަޖިދަކުރުން ގިނަކުރާ ވާހަކައެވެ. 

ސުންނަތްނަމާދުތައް ބައިވަރެވެ. މަސްޖިދު ސުންނަތުގެ 2 ރަކްޢަތާއި ޟުޙާ ނަމާދާއި ވިތުރި ފަދަ ނަމާދުތަކަކީވެސް ސުންނަތް ނަމާދުތަކެވެ. 

ނަމަވެސް ފަރްޟުނަމާދުގެ އިހުގައްޔާއި ފަހުގައި ކުރާ ރަވާތިބް ސުންނަތްތައް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބަޔާން ކޮށް ދެއްވަނީ މިފަދައިންނެވެ. 

عن النبي صلى الله عليه وسلم قال فيه : (مَنْ ثَابَرَ عَلَى ثِنْتَيْ عَشْرَةَ رَكْعَةً مِنْ السُّنَّةِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الفجر) 

މާނައަކީ: ސުންނަތުގެ ބާރަ ރަކްޢަތަށް ރައްކާތެރިވެއްޖެމީހަކަށް މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. މެންދުރުނަމާދުގެ ކުރިން ހަތަރު ރަކްޢަތާއި ފަހުން ދެރަކްޢަތެވެ. އަދި މަޣްރިބްނަމާދުގެ ފަހުން ދެރަކްޢަތެވެ. އަދި ޢިޝާގެ ފަހުން ދެރަކްޢަތެވެ. އަދި ފަތިސްނަމާދުގެ ކުރިން ދެރަކްޢަތެވެ". 

ރަވާތިބު ސުންނަތްތައްވެސް އަދި އެހެން ސުންނަތްތައްވެސް ކުރާނީ ދެރަކްޢަތުން ދެރަކްޢަތުންނެވެ. ކޮންމެ ދެރަކްޢަތަކަށްފަހުގައި ސަލާމް ދީފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން