ކުރާ ކުދިކުދި ހެޔޮ ޢަމަލު އެންމެ މަތިވެރި ޢަމަލަށް ބަދަލުކޮށްލުން! ފުރުޞަތު ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކުރާ ކުދިކުދި ހެޔޮ ޢަމަލު އެންމެ މަތިވެރި ޢަމަލަށް ބަދަލުކޮށްލުން! ފުރުޞަތު ބޮޑު ކަމެއް!

އަހަރެމެން ކުރާ ވަރަށް ކުދިކުދި ހެޔޮ ޢަމަލުތައްވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ހެޔޮ ޢަމަލުކަމަށް ބަދަލުކޮށްލުމުގެ ފުރުޞަތު އޮތީ ވަރަށް ފަހިކޮށެވެ. 

އެހެނީ ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑު ކަމަކީ ދާއިމީ ގޮތެއްގައި ކުރެވޭ ކަންތައް ކަމުގައިވާތީއެވެ! 

މިޘާލަކަށް ކޮންމެ ދުވަހަކު ހެނދުނުގެ ވަޤުތުގައި ޟުޙާ ނަމާދުގެ 2 ރަކްއަތް ކޮށްލަބަލާށެވެ! ދުވަސް ފަށައި ކީރި ޤުރުއާނުން އެންމެ މަޣްރައެއް ކިޔަވާލައިގެން ކަމަސް ހަދައިބަލާށެވެ! އޮފީހުގައި އުޅޭ މަސައްކަތު މީހަކަށް ސައިބޮއިލަން ކޮންމެ ދުވަހަކު އެންމެ 10 ރުފިޔާ ދިއްކޮށްލަބަލާށެވެ!

މިއަދު އަރައިގަންނަ ފޯރީގައި ބައިވަރުއަޅުކަން ކުރަން ފަށާއި މާދަމާ އުނދަގޫވެގެން ހުއްޓާލީމާ  ކަމަކު ނުދާނެއެވެ. މޫނުބުރުގާ އެޅުންފަދަ ކަންކަމުގައިވެސް އޮތް ގޮތަކީ ދާއިމަށް އަޅައިގެން އުޅެވޭނެ ކަމުގެ ޔަގީންކަން އޮތްނަމަ، މީހަކު ކިޔާ އެއްޗަކަށް ބެލުމެއްނެތި އަވަހަށް މޫނު ބުރުގާ އަޅާށެވެ.

 

- އަލަފް

 

މިއަދު އޮންލައިން