އުފާވެރި ދިރިއުޅުމަކަށްޓަކާ ކައިވެނީގެ ފުރަތަމަރޭ ކުރަންވީ ބައެއް ކަންކަން--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
އުފާވެރި ދިރިއުޅުމަކަށްޓަކާ ކައިވެނީގެ ފުރަތަމަރޭ ކުރަންވީ ބައެއް ކަންކަން--

1- އެންމެ ފުރަތަމަ އަނބިމީހާގެ ގާތަށް ދާ ވަގުތު އޭނާ އުފާވާ ކަހަލަރަނގަޅު ހަދިޔާއެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ކޮންމެ މީހަކުވެސްއެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. ގަހަނާއެއް ނުވަތައަނބިމީހާ ލޯބިކުރާ އަގުހުރި އެއްޗެކެވެ. 

2- ހަމަ އެވަގުތު ކިރުނުވަތަ އެފަދަ މީރު ބުއިމެއް ދިނުން، ފުރަތަމަ އަމިއްލަޔަށް އެއިން ބައެއްބުއިމަށްފަހު އަނެއްބައި އަންހެނުންނަށް ދޭނީއެވެ.  

3- ދެން بسمالله ކިޔައި، ތިބާގެ ކަނާއަތް އަނބިމީހާގެ ނިތްކުރިއާ ދިމާއިން ބޮލުގައިބާއްވައި ނުވަތަ ނިތްކުރީގެ އިސްތަށިކޮޅުގައި ހިފަހައްޓައި ބަރަކާތަށް އެދިމިފަދައިން ދުއާކުރާނީއެވެ. 

"اللَّهُمَّإِنِّيأَسْأَلُكَمِنْخَيْرِهَاوَخَيْرِمَاجَبَلْتَهَاعَلَيْهِوَأَعُوذُبِكَمِنٍشَرِّهَاوَشَرِّمَاجَبَلْتَهَاعَلَيْهِ "

މާނައީ: 'އޭ ﷲ، މީނާގެ ހެޔޮކަމާއި, އިނބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ހެޔޮކަންތައް ދެއްވުންއެދި މިއަޅާ އިބަ އިލާހުގެ ހަޟުރަތުން އެދެމެވެ. އަދި މީނާގެ ނަފްސުގައިވާނުބައިކަމަކާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާނުބައިކަންތަކުން ރައްކާތެރި ކޮށްދެއްވާންދޭވެ'. 

4- ދެންދެމަފިރިން އެކުގައި، ފިރިމީހާގެ ފަހަތުގައި އަނބިމީހާ ހުރެގެން ދެރަކުއަތްނަމާދެއް ކުރާނީއެވެ. އެއަށް ފަހުގައި ދެމީހުންވެސް ދެމީހުންގެދިރިއުޅުމުގައި ބަރަކާތް ލައްވާތޯއާއި، އެކުވެރިކަމާއި ލޯތްބާއެކުގައިއުޅެވޭތޯއާއި، ޞާލިހު ދަރިފަސްކޮޅެއް ދެއްވާތޯ ދުއާކުރާނީއެވެ.

5- އެއްދާން ވުމުގެ ކުރީގައި އަންނަނިވި ދުއާ ކިޔުމަކީ ކޮންމެހެން ހަނދާންބަހައްޓަން ޖެހޭ ކަމެކެވެ. 

" بِسْمِاللهِاللَّهُمَّجَنِّبْنَاالشَّيْطَانَوَجَنِّبِالشَّيْطَانَمَارَزَقْتَنَا " 

މާނައީ: "އޭ ﷲ, އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވައި، އަދި އިބަރަސްކަލާނގެއަޅަމެނަށް ދެއްވާ ދަރިފުޅު ޝައިޠާނާގެ ކިބައިން ސަލާމަތްކޮށްދެއްވާންދޭވެ." އެ ވަގުތުގައި ﷲ ތަޢާލާ އެދެމީހުނަށް ދަރިޔަކުދެއްވުމަށް އިރާދަކުރައްވާފިނަމަ ޝައިޠާނާއަކަށް އެކުއްޖާއަށް އެއްވެސްގެއްލުމެއް ނުދެވޭނެއެވެ. 

6- ދެމަފިރިންނަކީ އެކަކު އަނެކަކުގެލިބާހެވެ. ދެމީހުން އެކުގައި ވާ ހިނދު ލިބާސް ލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ހަމަ އެފަދައިން އިސްލަމީ އަޚްލާގާއި މެދުގައި ޚިޔާލުބެހެއްޓުމަކީވެސް ކޮންމެހެން ބޭނުން ކަމެކެވެ. ޖިމާޢުވާން ފެށުމުގެ ކުރިންދެމީހުންނަށް ރަނގަޅަށް ތައްޔާރު ވެވޭފަދަ ލޯބީގެ ރަނގަޅު މުގައްދިމާއަކުންފެށުމަކީ އިތުރު އެކަލޭގެފާނުންގެ ހަދްޔެކެވެ. 

7- ދެމަފިރިންވެސް އެކަކު އަނެކަކަށް ޒީނަތްތެރިވެ، ރީތިވުމަކީ މަޝްރޫޢުވެގެންވަ ރަނގަޅު ކަމެކެވެ.والله أعلم. 

 

- އައްޝައިޚް އާދަމް ޝަމީމް 

 

 

މިއަދު އޮންލައިން