މިރެއަކީ ފުރަތަމަ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އޮނަހިރިރެއެވެ. ހުރި ބުންވަރެއް ނެރެގެން ލައިލަތުލް ޤަދްރިވިލޭރޭ ޙާޞިލްކުރަން މަސައްކަތްކުރަންޖެހޭ ސަބަބު މިއޮތީއެވެ.
އެއީ ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލްކުރެވިއްޖެނަމަ ދެއްވަވާނީ ކިތައްސަތޭކަ، ކިތައްހާސްރޭ އަޅުކަންކުރިކަމުގެ ޘަވާބުކަން އެނގެން ނެތްކަމެވެ. ހަމައެކަނި އެނގެން އޮތް މިންވަރަކީ އެރޭގެ ޘަވާބާއި ދަރުމަ، ނުވަތަ މަތިވެރިކަން 1000 މައްސަރަށްވުރެ މަތިވެރިކަން ބޮޑުކަމެވެ. ގިނަވެގެން އެއީ ކިހައި ދުވަހެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ!
ގުޅުންހުރި އޯޑިއޯ: (އެކުވެރިންނަށާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަ ހަދިޔާއެއް!)