އެކަކު ދެކެވެސް ބިރުގަންނާކަށް ނުޖެހޭ! ތިބާއަށް އެއްވެސް ގެއްލުމެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އެކަކު ދެކެވެސް ބިރުގަންނާކަށް ނުޖެހޭ! ތިބާއަށް އެއްވެސް ގެއްލުމެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެ!: މުފްތީ މެންކް

އެއްވެސް މީހަކު ދީފާނެ ގެއްލުމަށް ބިރުގަތުން މުޅިން ހުއްޓައިލާށެވެ! ﷲ ތަޢާލާ އިރާދަކުރެއްވެވި ކަމެއް ނޫނީ ކުރިމަތިނުވާނެކަން ޔަޤީންކުރާށެވެ! ހުރިހާކަމެއް އެކަލާނގެއަށް ވަކީލުކޮށް ތިމާގެ ހިތް ޠޯހިރުކޮށްގެން އެކަލާގެއަށް ވަކީލުކޮށްގެން ހުންނާށެވެ! ދުޢާކުރަމުން ގެންދާށެވެ! ހުރިހާ ކަމަކުން ތިބާ ސަލާމަތްކުރައްވަވައި ދެއްވަވާނެތެވެ! ހިތްހަމަޖެހުންވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ

މިހެން ބުނަން ޖެހޭ ސަބަބުތައްވެސް މިކިޔައިދެނީއެވެ.

ތިމާގެ އެކުވެރިންގެ ތެރެއިން ތިމާއަށް ގެއްލުމެއް ދޭން މަސައްކަތްކުރާނީ ކާކުކަމެއް ނުއެނގޭނެއެވެ. އަދި އެކުވެރިން ނޫން މީހުންގެ ތެރެއިންވެސް ނުއެނގޭނެއެވެ. ނަމަވެސް މިއީ އެއްވެސް މީހަކު ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެކަމަށް ކަންބޮޑުވާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައެވެ.

ހިތާމައަކީ މިފަދަ ރަމަޟާންމަހުގައިވެސް މީސްތަކުން މިކަމަށް ކަންބޮޑުވާތީއެވެ. އެހެން މީހަކު ދީފާނެ ދެރައަކަށް ކަންބޮޑުވެ އެކަމަސް ވިސްނަން ހަދައިގެން އަޅުކަން ނުކުރެވި ތިބި އެތައް ހާސް ބައަކު އެބައުޅެއެވެ. ކަންބޮޑުވާވަރުން އެކަމަށް ވިސްނަން ހަދައިގެން ނަމާދުވެސް ޚުޝޫޢަތްތެރިކަމާއިއެކު ނުކުރެވޭ އެތައް ހާސް ބައަކު އެބައުޅެއެވެ.

ކިތަންމެވަރަކަށް ވިސްނި ނަމަވެސް އަހަރެމެންނަށް ގެއްލުން ދޭން މަސައްކަތްކުރާނީ ކާކުކަމެއް އަހަރެމެން އެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ ހަނދާނަށް ގެންނަންވީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. "ތިއަބައިމީހުންނަށް ގެއްލުން ދޭން މަސައްކަތްކުރަނީ ކޮން ބައަކުކަން ނުވަތަ ކާކުކަން ތިމަން ﷲ ދެނެވޮޑިގެންވަމުއެވެ." "ތިމަން ﷲ އަށް ވަކީލްކުރާށެވެ!" "އެންމެ މޮޅަށް ކަންކަން ޜާއްވަވަނީ ތިމަން ﷲ އެވެ!" މިފަދަ ޢިބާރާތްތަކުން ހުރި ވަޙީ ބަސްފުޅުތައް ބައިވަރު ނޫން ހެއްޔެވެ؟

ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާއަށްވުރެ މޮޅަށް ހިމާޔަތްކުރައްވަވައި ދެއްވެވޭނީ ކާކަށް ހެއްޔެވެ؟ ތަޢާލާ ހިމާޔަތްކުރައްވަވައިފި އަޅަކަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް ދެވޭނީވެސް ކާކަށް ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން