ﷲ ތަޢާލާ އަންގަވާފައިވާ ފުރިހަމަގޮތުގަ ރޯދަހިފޭނަމަ އެމީހަކަށް ސުވަރުގެ ޔަޤީނެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ﷲ ތަޢާލާ އަންގަވާފައިވާ ފުރިހަމަގޮތުގަ ރޯދަހިފޭނަމަ އެމީހަކަށް ސުވަރުގެ ޔަޤީނެވެ! އިން ޝާ ﷲ

ރަނގަޅަށް އަޑުއަހާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ރޯދާގެއްލޭ އެއްވެސް ކަމެއް ނުކޮށް އަދި ރޯދަވެރިޔާ ކުރަން ﷲ ތަޢާލާ އެންގެވި ހުރިހާ ކަންކަން ކޮށްގެން ރޯދަހިފޭނަމަ ތިބާއަށްވަނީ ސުވަރުގެއެވެ! އިން ޝާ ﷲ

ސުވާލަކީ ތިބާއަށް ރޯދަހިފޭ ގޮތެވެ! ވީމާ ވިސްނައިލާށެވެ!

ރޯދަ ހިފުމަށް ބަލައިފިނަމަ ރޯދަހިފަން ކުރަން މިޖެހޭ ކަމަކީ އެކަންކަމުގެ މައްޗަށް އިންސާނާ އެންމެ ބޮޑަށް ދަހިވެތިވާނޭ ކަންކަމާއި މުޅިން ދުރުހެލިވެގެންހުރުމެވެ. ރޯދަ ގެއްލޭ ކަންކަމަކީ އެކަންކަން ކުރަން އިންސާނާގެ ނަފްސް އެންމެ ބޮޑަށް ދަހިވެތިވާ ކަންކަމެވެ.

މިސާލަކަށް ބުނާނަމަ ރޯދައެއް ހިފިކަމަށް މިވަނީ ކެއުން، ބުއިން، ޖިންސީ ގުޅުންހިންގުން ދުންފަތުގެ އިސްތިޢްމާލްކުރުން ފަދަ އިންސާނުން އެކަންކަމަށް އެންމެ ބޮޑަށް ޝައުޤުވެރިވާ ހުރިހާ ކަންކަންހެން ނުކޮށް މުޅިދުވާލުގެ ހުރިހާ ވަގުތުތަކެއް ހޭދަކުރުމުންނެވެ.

އެކަންކަން ކުރަން ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް، ނަފުސް އެކަންކަމަށް ކިތަންމެ ބޮޑަށް އެދުނު ނަމަވެސް ސިއްރިޔާތުގައިވެސް އެފަދަ ކަމެއް ނުކޮށް އަޅުގަނޑުމެން ތިބެނީ އެފަދަ ކަމެއް ކޮށްފިނަމަ ރޯދަ ގެއްލޭނެކަން އަޅުގަނޑުމެން ޤަބޫލުކުރާތީއެވެ. ރޯދަ ގެއްލޭނެ އެއްވެސް ކަމެއް ނުކުރަނީ އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިވާތީއެވެ.

ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އެކަމެވެ. ﷲ ތައާލާއަށް ބިރުވެތިވުމެވެ. ކިތަންމެ ސިއްރުން ނަމަވެސް ރޯދަ ގެއްލޭނެ އެއްވެސް ކަމެއް ނުކުރުމެވެ. އެހެންކަމުން މީސްތަކުންގެ ކުރިމަތީގައި ތަޤްވާވެރިކަމުގެ ސިފަތައް ދައްކަމުން ސިއްރިޔާތުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަންނަމުންދާ ނަމަ އެމީހަކު ކުރާ އެއްވެސް އަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބުރަދަނެއް ހުރި އަމަލެއް ނޫން ކަމަށް ރަސޫލް ﷺ ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.

ފުރިހަމަ ގޮތުގައި ރޯދަ ހިފޭނީ ﷲ ތަޢަލާއަށް ބިރުވެތިވެވިގެންނެވެ. ބިރުވެތިވެވޭނީ ތަޤްވާވެރިވެވިގެންނެވެ. ހަނދާންކުރާށެވެ! މިދައްކަނީ ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި ނުކައި ބަނޑަށް ހުރުމުގެ ވާހަކައެއް ނޫނެވެ! މިދައްކަނީ ﷲ ތަޢާލާ އެންގެވި ގޮތުގައި ރޯދަ ހިފުމުގެ ވާހަކައެވެ. ނަހީޚުރެއްވެވި އެންމެހައި އަމަލުތަކުން ސަލާމަތްވެހުރެ ވީހައި ގިނައިން އަޅުކަންކުރަމުން ރޯދަހިފުމުގެ ވާހަކައެވެ!

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން