ބާސްމަތީ ހަނޑުލާ އެހެންވެސް ބައެއް ބާވަތްތައް 3 ދުވަހަށް އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބާސްމަތީ ހަނޑުލާ އެހެންވެސް ބައެއް ބާވަތްތައް 3 ދުވަހަށް އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި

ބާސްމަތީ ހަނޑުލާ، ކައްޓަލައާ ކުކުޅުގެ ބައެއް ބާވަތްތައް ކުރިއަށް އޮތް 3 ދުވަހަށް އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި އެވެ. 

މި ޕްރަމޯޝަންގައި މިއަދުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު މަޑިހާ 5 ކިލޯގެ ބާސްމަތީ ހަނޑޫ ބަސްތާއެއް 80 ރުފިޔާއަށް ވިއްކާނެއިރު 4 ބަސްތާ ގަންނަ ފަރާތްތަކަށް 310 ރުފިޔާއަށް ލިބޭނެއެވެ. 

މިޞުރުގެ ކައްޓަލަ ކިލޯއެއް 27 ރުފިޔާއަށް ވިއްކާނެއިރު  ބަސްތާ ގަންނަ ފަރާތްތަކަށް ކިލޯއެއް 22 ރުފިޔާއަށް ލިބޭނެއެވެ. 

900 ގްރާމްގެ ކުކުޅެއް 40 ރުފިޔާއަށް ވިއްކާނެއިރު 10 ކުކުކުޅުގެ ކޭހެއް ގަންނަ ފަރާތްތަކަށް 355 ރުފިޔާއަށް ލިބޭނެއެވެ. 

1 ކިލޯގެ ކުކުޅެއް 48 ރުފިޔާއަށް ވިއްކާނެއިރު 10 ކުކުކުޅުގެ ކޭހެއް ގަންނަ ފަރާތްތަކަށް 385 ރުފިޔާއަށް ލިބޭނެއެވެ. 

900 ގްރާމްގެ ޗިކަން ޑްރަމްސްޓިކް (ފައި) ތަށްޓެއް 60 ރުފިޔާއަށް ވިއްކާނެ އިރު 12 ތަށީގެ ކޭހެއް 540 ރުފިޔާއަށް ލިބޭނެއެވެ. 

މި ބާވަތްތަކުގެ އިތުރުންވެސް ތަފާތު ގިނަ ބާވަތްތަކެއްގެ މޭވާ އާއި ތަރުކާރީ އާއި ކުކުޅު، ކުކުޅުމަސް، ކުކުޅި ބިސް، ގެރިމަސް ބަކަރިމަސް އަދި މީނޫންވެސް ވަރަށް ގިނަ ބާވަތްތަކުގެ ކާބޯތަކެތި އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ. 

މިއަދު އޮންލައިން