އުފަންވެލި ޝޮޕްތަކުން ފިޔާ އަގުހެޔޮކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އުފަންވެލި ޝޮޕްތަކުން ފިޔާ އަގުހެޔޮކޮށްފި!

އުފަންވެލި ޝޮޕްތަކުން ފިޔާ އަގުހެޔޮކޮށްފިއެވެ. 

ހުކުރު ދުވަހުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ފިޔާ ކިލޯއެއް އެންމެ 8 ރުފިޔާއަށް ވިއްކާނެއިރު 25 ކިލޯގެ ބަސްތާއެއް ވިއްކާނީ އެންމެ 150 ރުފިޔާއަށެވެ. 

އުފަންވެލި ޝޮޕްތަކުން އިއްޔެވެސް ވަނީ ބައެއް ބާވަތްތައް އަގުހެޔޮކޮށްފައެވެ. 

ބާސްމަތީ ހަނޑުލާ އެހެންވެސް ބައެއް ބާވަތްތައް 3 ދުވަހަށް އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި 

ބާސްމަތީ ހަނޑުލާ، ކައްޓަލައާ ކުކުޅުގެ ބައެއް ބާވަތްތައް ކުރިއަށް އޮތް 3 ދުވަހަށް އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި އެވެ. 

މި ޕްރަމޯޝަންގައި މިއަދުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު މަޑިހާ 5 ކިލޯގެ ބާސްމަތީ ހަނޑޫ ބަސްތާއެއް 80 ރުފިޔާއަށް ވިއްކާނެއިރު 4 ބަސްތާ ގަންނަ ފަރާތްތަކަށް 310 ރުފިޔާއަށް ލިބޭނެއެވެ. 

މިޞުރުގެ ކައްޓަލަ ކިލޯއެއް 27 ރުފިޔާއަށް ވިއްކާނެއިރު  ބަސްތާ ގަންނަ ފަރާތްތަކަށް ކިލޯއެއް 22 ރުފިޔާއަށް ލިބޭނެއެވެ. 

900 ގްރާމްގެ ކުކުޅެއް 40 ރުފިޔާއަށް ވިއްކާނެއިރު  10 ކުކުކުޅުގެ ކޭހެއް ގަންނަ ފަރާތްތަކަށް 355 ރުފިޔާއަށް ލިބޭނެއެވެ. 

1 ކިލޯގެ ކުކުޅެއް 48 ރުފިޔާއަށް ވިއްކާނެއިރު  10 ކުކުކުޅުގެ ކޭހެއް ގަންނަ ފަރާތްތަކަށް 385 ރުފިޔާއަށް ލިބޭނެއެވެ. 

900 ގްރާމްގެ ޗިކަން ޑްރަމްސްޓިކް (ފައި) ތަށްޓެއް 60 ރުފިޔާއަށް ވިއްކާނެ އިރު 12 ތަށީގެ ކޭހެއް 540 ރުފިޔާއަށް ލިބޭނެއެވެ. 

މި ބާވަތްތަކުގެ އިތުރުންވެސް ތަފާތު ގިނަ ބާވަތްތަކެއްގެ މޭވާ އާއި ތަރުކާރީ އާއި ކުކުޅު، ކުކުޅުމަސް، ކުކުޅި ބިސް، ގެރިމަސް ބަކަރިމަސް އަދި މީނޫންވެސް ވަރަށް ގިނަ ބާވަތްތަކުގެ ކާބޯތަކެތި އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުނނެވެ.

 

މިއަދު އޮންލައިން