އުފަންވެލި ޝޮޕްތަކުން ރޯދައަށާ ޢީދަށް ޚާއްޞަކޮށްގެން ކުކުޅާއި ގެރިމަހާއި އަދިވެސް ގިނަ ބާވަތްތަކެއް ރޯދަމަސް ނިމެންދެން ހެޔޮ އަގުގަ ވިއްކަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުފަންވެލި ޝޮޕްތަކުން ރޯދައަށާ ޢީދަށް ޚާއްޞަކޮށްގެން ކުކުޅާއި ގެރިމަހާއި އަދިވެސް ގިނަ ބާވަތްތަކެއް ރޯދަމަސް ނިމެންދެން ހެޔޮ އަގުގަ ވިއްކަން ނިންމައިފި

އެންމެ ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތެރެކޮށް އެންމެ ހެޔޮއަގުތަކުގައި ވިއްކަމުން އަންނަ އުފަންވެލި ޝޮޕްތަކުން ކުކުޅާއި ގެރިމަހާއި އަދިވެސް ގިނަ ބާވަތްތަކެއް ރޯދަމަސް ނިމެންދެން ހެޔޮ އަގުގަ ވިއްކަން ނިންމައިފި އެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ ސްޕެޝަލް އޮފަރ ރަމަޟާންމަހުގެ ނިޔަލަށް ދަންމައިލީ ޢީދު ދުވަހު ކައްކާނެ ތަކެތިވެސް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭން ކަމަށެވެ. "ޢީދު ދުވަހަށް ބޭނުންވާ ތަކެތި މިހާރު ކަސްޓަމަރުން ގަންނަނީ ޢީދު ދުވަހަކު ނޫން! ކުރިއަށް އޮނަން ދުވަހު ގަނެ ނިންމާ! އެހެންވީމާ ރަމަޟާން މަހުގެ ނިޔަލަށް ސްޕެޝަލް އޮފަރ މިދަންމައިލީ. އެއިރުން ރަމަޟާން މަހުގެ މަހުގެ ނިޔަލަށްވެސް ހެޔޮ އަގުގައި ލިބޭނެ. އަދި ޢީދު ދުވަހަށްވެސް އެންމެ ހެޔޮ އަގުގައި ލިބޭނެ."  

އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށް ވިއްކާނެ ބާވަތްތަކުގެ ތެރޭގައި 1ކިލޯ އަދި 900 ގްރާމްގެ ކުކުޅު، ޗިކަން ލިވަރ، ޗިކަން ޑްރަމްސްޓިކް، ޗިކަން ޕޮޕްކޯން، ޗިކަން ޕްރިސްޕީ ވިންގްސް އަދި ގެރިމަސްވެސް ހިމެނެއެވެ.  

މީގެ އިތުރުން ފިޔާ، ބަޓާނާ، މިޞުރުގެ މީރު ބޮޑެތި ކައްޓަލަ ، ލީކްސް ކެބޭޖް ފަދަ ބާވަތްތަކާއި މަޑިހާ ބާސްމަތީ ހަނޑޫ ވެސް ހިމެނެއެވެ. މަޑިހާ ބާސްމަތީ ހަނޑޫ 5 ކިލޯގެ ބަސްތާއެއް ވިއްކަނީ މިވަޤުތު ބާޒާރުން ލިބެންހުރި އެންމެ ހެޔޮ އަގަށްވުރެވެސް ބޮޑުތަނުން ހެޔޮ އަގެއްގައިކަން ފާހަގަކުރެވެއެވެ.

 

 

މިއަދު އޮންލައިން