އުރީދޫއިން މާލެ ސިޓީ ކައުންސިލް އާއި ގުޅިގެން ސަލްމާން މިސްކިތް ކުރިމަތީ ޢިދު ސައެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
އުރީދޫއިން މާލެ ސިޓީ ކައުންސިލް އާއި ގުޅިގެން ސަލްމާން މިސްކިތް ކުރިމަތީ ޢިދު ސައެއް ބާއްވަނީ

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން އުރީދޫ އީދު ސައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތް ކުރިމަތީގައެވެ.

އުރީދޫ އީދު ސައިގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ބައްލަވައިގަނެވޭނެއެވެ. މި ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި ދއެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

އުރީދޫ ޢީދު ސައި ގެ އިތުރުން އެހެން އަހަރު ތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ އިން ޢީދު ހަދިޔާ ބެހުމާއި އެހެނިން ހަރަކާތްތައްވެސ ކުރިއަށް ގެންދިއުމަށޤވެސް ވަނީ ރާވާފައެވެ.

މިއަދު އޮންލައިން