އުފަންވެލި ޝޮޕްތަކުން މޭވާގެ ބައެއް ބާވަތްތައް އަގުހެޔޮކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އުފަންވެލި ޝޮޕްތަކުން މޭވާގެ ބައެއް ބާވަތްތައް އަގުހެޔޮކޮށްފި!

އުފަންވެލި ޝޮޕްތަކުން މޭވާގެ ބައެއް ބާވަތްތައް އަގުހެޔޮކޮށްފިއެވެ. އެގޮތުން އަންނާރު ކިލޯއެއް 85 ރުފިޔާއަށް، އޮރެންޖެއް 2.50 އަށް އަދި ފޭރުކިލޯއެއް 45 ރުފިޔާއަށް ވަނީ އަގުހެޔޮކޮށްފައެވެ. އަދި މިބާވަތްތައް ހޯލްސޭލްކުރާ އަގުވެސް ވަނީ ހެޔޮކޮށަފައެވެ. 

މިބާވަތްތައް މިއަގުތަކަށް ވިއްކާނީ މާދަމާ، 24 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިބާވަތްތަކުގެ އިތުރުންވެސް ބައެއް ބާވަތްތައް 27 ވަނަ ދުވަހުގެ ނިޔަލަށް އަގުހެޔޮކޮށް ވިއްކާނެއެވެ. 

އެގޮތުން ފިޔާކިލޯއެއް 8 ރުފިޔާއަށް، ބަޓާނާ ކިލޯއެއް 20 ރުފިޔާއަށް، ކައްޓަލަ ކިލޯއެއް 27 ރުފިޔާއަށް، ކެބެޖްކިލޯއެއް 15 ރުފިޔާއަށް އަދި 5 ކިލޯގެ މަޑިހާ ބާސްމަތީ ހަނޑޫބަސްތާއެއް 80 ރުފިޔާއަށް ރީޓޭލްކޮށް ވިއްކާނެއިރު ހޯލްސޯލްކޮށް ގަންނަ ފަރާތްތަކަށްވެސް ޚާއްޞަ އަގުތަކެއްގައި ލިބެންހުންނާނެއެވެ.

މިއަދު އޮންލައިން