ދިރާގު ކަސްޓަމަރުންނަށް ސަތޭކައިގެ ޑޭޓާ ޕެކްތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދިރާގު ކަސްޓަމަރުންނަށް ސަތޭކައިގެ ޑޭޓާ ޕެކްތަކެއް!

ދުނިޔޭގެ މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި ދިރާގުން 100ޖީބީގެ މުޅިން އައު ޑޭޓާ ޕެކްތަކެއް އެކުންފުނީގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ. މި އައު ޑޭޓާ ޕެކްތައް ތަޢާރަފްކޮށްފައިވާނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސްއެއްގައެވެ.

"މިއަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރާއިރު، ވޭތުވެދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ އިތުބާރަށް ޝުކުރު ދަންނަވަން. 100ޖީބީގެ މި އައު ޑޭޓާ ޕެކްތަކާއެކު ކަސްޓަމަރުންގެ ޑޭޓާ ބޭނުންތައް ފުރިހަމަވެ ކޮންމެ ކަމަކަށް މި ޑޭޓާ ބޭނުންކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ." މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދިރާގުގެ މެނޭޖަރ ކަސްޓަމަރ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވިއެވެ.  

މުޅިން އަލަށް ތައާރަފްކުރި 100ޖީބީގެ ޑޭޓާ ޕެކްތަކަކީ:

• 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް

• 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް

• 100ޖީބީ 14 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް

• 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް

• 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ. 

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.

 

 

 

 

މިއަދު އޮންލައިން