ޢީދަށް ޚާއްޞަކޮށްގެން އުފަންވެލި ޝޮޕްތަކުން ކުކުޅާ އެހެންވެސް ބައެއް ތަކެތި އަގުހެޔޮކޮށްފިއެވެ.
މިޕްރަމޯޝަންގައި 900 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 38 ރުފިޔާއަށެވެ. 1 ކިލޯގެ ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 45 ރުފިޔާއަށެވެ. 1200 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 54 ރުފިޔާއަށެވެ. 1400 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 63 ރުފިޔާއަށެވެ.
މީގެ އިތުރުން ބޯންލަސް ޗިކަން 900 ގްރާމްގެ ޕެކެޓެއް 75 ރުފިޔާއަށް، 900 ގްރާމްގެ ޗިކަން ޑްރަމްސްޓިކް ޓްރޭއެއް 72 ރުފިޔާއަށް ވިއްކާނެއެވެ.
ފިޔާ އަދި އިންޑިއާ އަލުވި ކިލޯއެއް 10 ރުފިޔާއަށް، ބްރައުން އެގްސް 1.75 އަށް، ލޮނު ޕެކެޓެއް 5 ރުފިޔާ 50 ލާރިއަށް، ޕާޕަރު ބޮނޑިއެއް 6 ރުފިޔާއަށް، އަދި ފެހި މޭބިސްކަދުރު ކިލޯއެއް 80 ރުފިޔާއަށް ވިއްކާނެއެވެ.
މިބާވަތްތައް ހޯލްސޭލްކޮށްވެސް ޚާއްޞަ އަގުތަކެއްގައި ވިއްކާ މި ޕްރަމޯޝަން ކުރިއަށް ގެންދާނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
