ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯއިން އަގުހުރި އިނާމުތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯއިން އަގުހުރި އިނާމުތަކެއް!

 

 

ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަ ބޮޑު ޗުއްޓީ ލަކީ ޑްރޯއެއް ހުޅުވާލި ވާހަކަ އިއުލާންކޮށްފިއެވެ. މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސެއްގައެވެ.

 

 

މި ޕްރޮމޯޝަންގެ ދަށުން 22 ޖޫން އިން 8 ޖުލައި 2023 ގެ ނިޔަލަށް 100ޖީބީ ޕްރީޕެއިޑް ޑޭޓާ ޕެކެއް، ޕޯސްޓްޕެއިޑް ބޫސްޓާރއެއް ނުވަތަ ފައިބަރ ބްރޯޑްބޭންޑް ބޫސްޓާރއެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަސް ކަސްޓަމަރުންނަށް އަގުހުރި ތަފާތު ފަސް އިނާމު ލިބިގެންދާނެއެވެ.

 

 

މި ލަކީ ޑްރޯގައި ހިމެނޭ އިނާމުތަކަކީ:

 

• ގޯ ޕްރޯ ހީރޯ 11 އެއް

• ޕީ.އެސް5 ޑިސްކް އެޑިޝަނެއް

• އެއަރޕޮޑްސް ޕްރޯއެއް

• 5ޖީ ވަޔަރލެސް ރައުޓަރއެއް

• ސަރފޭސް ޕްރޯ 9 އެއް

 

"އަޅުގަނޑުމެންގެ އަމާޒަކީ މި އަގުހުރި އިނާމުތަކާއެކު ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރުން." މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ. "އަދި އަޅުގަނޑުމެން ދާދި ފަހުން ތައާރަފްކުރި ތަފާތު ރޭންޖްތަކުގެ 100ޖީބީ ޑޭޓާ ޕެކްތަކާއި ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބޫސްޓާރތަކުން މި ޗުއްޓީ ދުވަސްވަރުގައި ކަސްޓަމަރުންގެ ހުރިހާ ޑޭޓާ ބޭނުންތަކެއް ފުއްދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުންމީދުކުރަން."

 

ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/43TaohU

 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.

މިއަދު އޮންލައިން