ޢީދަށް ޚާއްޞަކޮށްގެން އުފަންވެލި ޝޮޕްތަކުން ފެށި ޕްރަމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޢީދަށް ޚާއްޞަކޮށްގެން އުފަންވެލި ޝޮޕްތަކުން ފެށި ޕްރަމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދަނީ-

ޢީދަށް ޚާއްޞަކޮށްގެން އުފަންވެލި ޝޮޕްތަކުން ކުކުޅާ އެހެންވެސް ބައެއް ތަކެތި ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭން ކުރިއަށް ގެންދާ ޕްރަމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމައިފިއެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ މި ޕްރަމޯޝަން ފޭށީ މިއަދުގެ ނިޔަލަށް ކުރިއަށް ގެންދަން ނަމަވެސް މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރީ ޑިމާންޑް ބޮޑުވެ ވަރަށް ގިނަ ކަސްޓަމަރުން އެކަމަށް އެދޭތީ ކަމަށެވެ. 

މިޕްރަމޯޝަންގައި 900 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 38 ރުފިޔާއަށެވެ. 1 ކިލޯގެ ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 45 ރުފިޔާއަށެވެ.  1200 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 54 ރުފިޔާއަށެވެ. 1400 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 63 ރުފިޔާއަށެވެ.  

މީގެ އިތުރުން ބޯންލަސް ޗިކަން 900 ގްރާމްގެ ޕެކެޓެއް 75 ރުފިޔާއަށް، 900 ގްރާމްގެ ޗިކަން ޑްރަމްސްޓިކް ޓްރޭއެއް 72 ރުފިޔާއަށް ވިއްކާނެއެވެ. 

ފިޔާ އަދި އިންޑިއާ އަލުވި ކިލޯއެއް 10 ރުފިޔާއަށް، ބްރައުން އެގްސް 1.75 އަށް، ލޮނު ޕެކެޓެއް 5 ރުފިޔާ 50 ލާރިއަށް، ޕާޕަރު ބޮނޑިއެއް 6 ރުފިޔާއަށް، އަދި ފެހި މޭބިސްކަދުރު ކިލޯއެއް 80 ރުފިޔާއަށް ވިއްކާނެއެވެ.

މިބާވަތްތައް ހޯލްސޭލްކޮށްވެސް ޚާއްޞަ އަގުތަކެއްގައި ވިއްކާ މި ޕްރަމޯޝަންގެ މުއްދަތު މިހާރު ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

 

މިއަދު އޮންލައިން