އަޅުކަންކުރުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށްދާ މީހާއަށް ﷲ ތައާލާގެ ޙަޟްރަތަށް "އުދުހިގަނެވޭނެ" ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އަޅުކަންކުރުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށްދާ މީހާއަށް ﷲ ތައާލާގެ ޙަޟްރަތަށް "އުދުހިގަނެވޭނެ" ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެ!

ކޮންމެދުވަހަކުވެސް ހެޔޮޢަމަލުކުރުމުގައި އެއްފިޔަވަޅު ނަމަވެސް ކުރިއަށް އަޅަން މަސައްކަތްކުރާށެވެ. ފްލައިޓަކަށް އަރައިގެން އުދުހިފައި ތަނަކަށްދާންވެސް ފުރަތަމަ ކުރާކަމަކީ ގެއިން ބޭރަށް ފިޔަވަޅެއް އެޅުމެވެ. ފްލައިޓާއި ހަމައަށް ދެވެނީ އެތައް ބައިވަރު ފިޔަވަޅުތަކެއް ފައިން އަޅައިގެންނެވެ. ފްލައިޓްގައި އުދުހިގަނެވެނީ ފްލައިޓަށް އަރައި ފިޔަވަޅަކުން ފިޔަވަޅަކުން އަޅަމުން ގޮސް ގޮނޑީގައި އިށީނދެވުމުންނެވެ.

ވީމާ އަޅުކަންކުރުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށްދާ މީހާއަށް ﷲ ތައާލާގެ ޙަޟްރަތަށް "އުދުހިގަނެވޭނެ" ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެތެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ. 

ފާފަނުކޮށް ހުރުމަށް ޢަޒުމް ކަނޑައަޅާ މީހާ އެކަމުގައި ކުރިއަށްދާން މަސައްކަތްކުރާށެވެ! އެކަމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ އަޅުކަންކުރުން ގިނަކުރުމެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކުރުމެވެ. 

- ޔޫސުފް އެސްޓީސްގެ ދަރުސަކުން

މިއަދު އޮންލައިން