އުފަންވެލި ޝޮޕްތަކުން ބޯންލަސް ޗިކަންއާ އަނބު، އަދި މޭބިސްކަދުރު އަގުހެޔޮކޮށްފިއެވެ.
މިމަހުގެ 15 ވަނަދުވަހުން ފެށިގެން 3 ދުވަހަށް ކުރިއަށް ގެންދާ މި ޕްރަމޯޝަންގައި 1 ކިލޯގެ ބޯންލަސް ޗިޕަން ޕެކެޓެއް ވިއްކާނީ 97 ރުފިޔާއަށެވެ. 2 ކިލޯގެ ބޯންލަސް ޗިޕަން ޕެކެޓެއް ވިއްކާނީ 183 ރުފިޔާއަށެވެ.
އަނބުވިއްކާނީ ކިލޯއެއް 80 ރުފިޔާއަށެވެ. ކްރިމްސަން މޭބިސްކަދުރު ކިލޯއެއް ވިއްކާނީ 100 ރުފިޔާއަށެވެ.

މިބާވަތްތައް ހޯލްސޭލްކޮށް ވިއްކާ އަގުވެސް ވަނީ ހެޔޮކޮށްފައެވެ.
މީގެ އިތުރުންވެސް ތަފާތު ގިނަ ބާވަތްތަކެއްގެ ތަރުކާރީ އާއި މޭވާ އަދި އެހެންވެސް ކާބޯތަކެތި އުފަންވެލި ޝޮޕްތަކުން ގެންދަނީ ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ހެޔޮ އަގުގައި ވިއްކަމުންނެވެ.