ސްކޫލްތަކުގައި ނަމަވެސް ކުދިން ލައްވައި ލަވަކިޔައި ނަށާ ހެދުން ގޯސް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ސްކޫލްތަކުގައި ނަމަވެސް ކުދިން ލައްވައި ލަވަކިޔައި ނަށާ ހެދުން ގޯސް!: ޑރ. އިޔާޟް

"ސްކޫލްތަކުގައި ބާއްވާ ހަރަކާތްތަކުގައި ނިވިދިއްލޭ ބޮކިފަތިލައި ދިއްލައި ޑިސްކޯކޮށްފައި ހުރޭ. މިއީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟ މިކަމުގައި ދަރިވަރުން ބައިވެރިކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟"

 

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ބޮކިފަތިލުމަކީ އެއިގެ ޒާތުގައި ގޯސްކަމެއް ނޫނެވެ. ނަމަވެސް ލަވަކިޔައި ނަށާ ހަދާނަމަ އެކަން ގޯސް!" ކަމަށެވެ.

 

ކުދިން ލައްވައި ކުރުން ނުރަނގަޅު ކަންތައް ކުރުވުމަކީ އެކަމުގެ ޒިންމާ މައިން ބަފައިން އުފުލަން ޖެހޭނެ ކަމެކެވެ. ސްކޫލުން އެންގި ނަމަވެސް މުދައްރިސް އެންގި ނަމަވެސް ދަރިން ލައްވައި ކުރުވަން ޖެހޭނީ އިސްލާމް ދީން ހުއްދަކުރާ ކަންކަމެވެ. އެއްވެސް ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ ޤިޔާމަތް ދުވަހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ މައިންބަފައިންނެވެ.

މިއަދު އޮންލައިން