އުރީދޫ މަސްރޭސް: މާލެ ސިޓީ ގެ ޗެމްޕިއަންކަން ސޮނީ ފިޝިން އިން ކާމިޔާބުކޮށްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
އުރީދޫ މަސްރޭސް: މާލެ ސިޓީ ގެ ޗެމްޕިއަންކަން ސޮނީ ފިޝިން އިން ކާމިޔާބުކޮށްފި!

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 – މާލެ ސިޓީ ގެ ޗެމްޕިއަންކަން ޓީމް ސޮނީ ފިޝިން ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ. މާލެ ސިޓީ މަސްރޭހަށް ރެޖިސްޓަރ ކުރި 30 އަށްވުރެ ގިނަ ޓީމާއެކު މާލޭގައި މި މުބާރާތް ފަށާފައިވަނީ  4 ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

ޗެމްޕިއަން ޓީމް: 860 ޕޮއިންޓާއެކު ޓީމް ސޮނީ ފިޝިންގ

އުރީދޫ މަސްރޭސް 2023 – މާލެ ސިޓީ އިން ސޮނީ ފިޝިން ޓީމުން ޖުމްލަ 860.34 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދާ ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ރ ކާމިޔާބުކޮށްފިއެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 698.7 ޕޮއިންޓާއެކު ޑެޓިއުންފިޝިންއިން ކާމިޔާބުކުރިއިރު 412.18 ޕޮއިންޓާ އެކު މަލެ ސިޓީ އިން 3 ވަނަ ކާމިޔާބުކޮށްފާވަނީ ސްޓެލްކޯ މެން ޓީމުންނެވެ. މެންދުރު 2:30 ގައި ޓީމުތައް މަހަށް ފުރައިގެން ކުރިއަށް ދިޔަ އެއްދުވަހުގެ މި މުބާރާތުގައި ޓީމުތަކުން ފެނުނު ފޯރިއާއި ވާދަވެރިކަމުގެ އިތުރުން މަސްވެރިކަމަށް އޮތް ލޯބި ފެނިގެންދިޔައެވެ.

އެންމެ މޮޅު ފިރިހެން އަދ އަންހެން ކެޔޮޅު

މީގެ އިތުރުން ޓީމް ކްރަންޗީސްގެ ނައުޝާދު، މަސްވެރިކަމުގެ ހުނަރުދައްކާލާ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ޑީޓިއުންފިޝިންގ އިން ފެޒޫ އެވެ.

އެންމެ ބަރު މަސް

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 17.54 ކިލޯ ގެ މުޑަހަނދި އެކެއެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިން ޓީމ ސޮނީ ފިޝިންގ އިން ވަލީދުއެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާރޓްނަ ސީގިއަރ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީޚުތަކުގައެވެ.

·        މާލެ ސިޓީ: އޮގަސްޓް މަހުގެ 4 ވަނަ ދުވަހު

·        ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11

·        އައްޑޫ ސިޓީ: އޮގަސްޓް 18

·        ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން މާލެ ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ.

މިއަދު އޮންލައިން