އުފަންވެލި ޝޮޕްތަކުން ފިޔާ ކިލޯއެއް އެންމެ ބާރަރުފިޔާއަށް ވިއްކަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އުފަންވެލި ޝޮޕްތަކުން ފިޔާ ކިލޯއެއް އެންމެ ބާރަރުފިޔާއަށް ވިއްކަން ފަށައިފި

އުފަންވެލި ޝޮޕްތަކުން ފިޔާ ކިލޯއެއް އެންމެ ބާރަރުފިޔާއަށް ވިއްކަން ފަށައިފިއެވެ. 15 ކިލޯގެ ފިޔާބަސްތާއެއް ވިއްކަނީ އެންމެ 150 ރުފިޔާއަށެވެ. 

މީގެ އިތުރުންވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ ކުކުޅުގެ ބައެއް ބާވަތްތަކާއި އެހެންވެސް ގިނަ ބާވަތްތަކެއް ހެޔޮ އަގުގައި ވިއްކަމުންނެވެ. 

މަޑިހާ މަރުކާގެ ބާސްމަތީ ހަނޑޫ 5 ކިލޯގެ ބަސްތާއެއް ވިއްކަނީ 100 ރުފިޔާއަށެވެ. 

ޗިކަން ކަބާބް ޕެކެޓެއް އެންމެ 10 ރުފިޔާއަށް ވިއްކާއިރު ޗިކަން ސްޓޭކް ޕެކެޓެއް ވިއްކަނީ އެންމެ 15 ރުފިޔާއަށެވެ. ޗިކަން ޕޮޕްކޯން ޕެކެޓެއް އެންމެ 20 ރުފިޔާއަށް ވިއްކާއިރު ޗިކަން ކްރޮކްއެޓެ ޕެކެޓެއް ވިއްކަނީ އެންމެ 25 ރުފިޔާއަށެވެ. 

މިބާވަތްތައް ހޯލްސޭލްކޮށްވެސް ވިއްކަމުން ގެންދަނީ ޚާއްޞަ ހެޔޮ އަގުތަކުގައެވެ. އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ މިއަގުތަކުގައި ވިއްކާނީ ސްޓޮކްހުސްވަންދެން ކަމަށެވެ. އަދި ޕްރަމީޝަން ކުރިއަށް ގެންދާނީ 29 ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރު 4 ގެ ނިޔަލަށް ކަމަށެވެ.

 

 

މިއަދު އޮންލައިން