އުރީދޫ އިން ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އުރީދޫ އިން ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފި

އުރީދޫއިން އިއްޔެ އެ ކުންފުނީގެ ކަސްޓަމަރުންގެ ދުވަސް ފާހަގަ ކޮށްފިއެވެ.

މިކަމާގުޅިގެން އުރީދޫއިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުރީދޫގެ ސީނިއާ ސްޓާފުންނާއި މެނޭޖްމަންޓުން އެ ކުންފުނީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމުތަކުގެ މަސައްކަތުގައި ބައިވެރިވެ ޓީމާއި އަގުހުރި ކަސްޓަމަރުންގެ ގޮންޖެހުންތަކާއި ތަޖުރިބާތައް ދެނެގަނިވިފައިވާ ކަމަށެވެ.

ދުވަހުގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ކޮންޓެކްޓް ސެންޓަރުތަކާއި ޑިޖިޓަލް ކެއާ އާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން ބިޒްނަސް ޕާޓްނަރު ފިހާރަތައް ހިމެނޭ ގޮތަށް އުރީދޫ ގެ ހިދުމަތް ފޯރުކޮށްދޭ ކަސްޓަމާ ޓަޗްޕޮއިންޓްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ. މި ޒިޔާރަތްތަކުގައި ސީނިއާ ސްޓާފުން ވަނީ ކަސްޓަމަރުންނާ ސީދާ މުއާމަލާތްކޮށް، ފީޑްބެކް އަޑުއަހައި ކަސްޓަމަރުންގެ ބޭނުންތަށް އިތުރަށް ދެނެގަނެފައި ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއާއި ހިތްހަމަޖެހުމަކީ އުރީދޫއިން އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމަށާއި އެހެންކަމުން ކަސްޓަމަރުންގެ ދުވަހުގެ ހަރަކާތްތަކުން ދެނެގަނެވިފައިވާ މައުލޫމާތަށް ބިނާކޮށް އުރީދޫގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އުރީދޫއިން ފާހަގަކުރަމުން އަންނަ ކަސްޓަމަރުންގެ ދުވަހަކީ މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުގެ ހުރިހާ ކުންފުންޏަކުންވެސް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.

މިއަދު އޮންލައިން